ads
މޯލްޑިވް ގޭސް
މޯލްޑިވްސް ގޭހުން ޑެލިވާ ކުރާނެ ގަޑިތައް ކަނޑައަޅައިފި
ރޯދަ މަހު މޯލްޑިވް ގޭހުގެ ހިދުމަތްތައް ދޭ ގަޑިތައް އެ ކުންފުނިން އާންމުކޮށްފި އެވެ.

މޯލްޑިވް ގޭހުން ވަނީ ރޯދަ މަސް ފެށުމާއި ގުޅިގެން އެކުންފުނީގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފަ އެވެ.  

އެގޮތުން މިއަދުން ފެށިގެން ހޮނިހިރު އަދި ބުރާސްފަތި ދުވަހަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހެނދުނު 11:30 އިން ހަވީރު 03:00 އަށެވެ. އަދި ރޭގަނޑު 08:30 އިން 10:30 ހަމަ އަށެވެ.

އޭގެ އިތުރުން ހުކުރު ދުވަހު މޯލްޑިވްސް ގޭހުގެ ހިދުމަތްތައް ދޭން ހަމަޖެހިފައިވަނީ މެންދުރު 01:30 އިން މެންދުރުފަހު 03:00 އާ ހަމައަށެވެ. އަދި ހުކުރު ދުވަހުގެ ރޭ ހިދުމަތް ދޭން ހަމަޖެހިފައިވަނީ ރޭގަނޑު 08:30 އިން 10:30 އާ ހަމައަށެވެ.

އެސްއެމްއެސް މެދުވެރިކޮށް ގޭހަށް އޯޑަރު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، "ހެލްޕް" ޖެހުމަށް ފަހު 7201616 އަށް މެސެޖު ކުރުމުން އެސްއެމްއެސް މެދުވެރިކޮށް ގޭހަށް އޯޑަރު ކުރާނެ ގޮތް އެނގިގެން ދާނެ އެވެ. 

ކުރިއާ ހިލާފަށް، ގޭސްފުޅި ޑެލިވާ ކުރުމަށް މިހާރު ހަމަޖެހިފައި ވަނީ ގެއާ ހަމައަށެވެ. އަދި ހުސްފުޅި ގޭގެ ބޭރުން ނެގޭނެ ގޮތް ހެދުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް