ads
ހައްވާ އަލީ -- ފޮޓޯ:ސޯޝަލް މީޑިއާ
އުމްރާގެ އަޅުކަމަށް ދިޔަ ދިވެއްސެއްގެ ހާލު ބޮޑުވެ ރާއްޖެ ގެންނަން އެހީ ހޯދަނީ
ތ. ގުރައިދޫ، ކީރަންމާގެ އުމުރުން 79 އަހަރުގެ ހައްވާ އަަލީ އުމުރާގެ އަޅުކަމަށް މިމަހުގެ އަށްވަނަ ދުވަހު މައްކާ އަށް ދިޔައީ ޔަލަމްލަމް ޕްރައިވެޓް ލިމިޓެޑް ޖަމާއަތުގެ ހަވާލުގަ އެވެ. ހައްވަ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ މަދީނާއިން އައިސް ދެވަނަ އުމްރާގެ ސައުޔު ކުރުންވެސް ފުރިހަމަކޮށް ނިންމުމަށްފަހު ހޮޓަލަށް އަންނަން ހިނގައިގަތް ވަގުތު ސޮފާ މަރުވާ ތެރެއަށް ވެއްޓުމާއި ގުޅިގެން ހަމަ އެވަގުތު ޖަމާއަތުގެ ޑޮކްޓަރާއި ނަރުހުންނާ ޖަމާއަތުގެ އިމާމުގެ ހަވާލުގައި މައްކާގެ ނޫރު ހޮސްޕިޓަލަށް ގެންދެވި ޑޮކްޓަރުގެ ލަފާ ހޯދާފައިވެ އެވެ.
ތ. ގުރައިދޫ، ކީރަންމާގެ އުމުރުން 79 އަހަރުގެ ހައްވާ އަަލީ އުމުރާގެ އަޅުކަމަށް މިމަހުގެ އަށްވަނަ ދުވަހު މައްކާ އަށް ދިޔައީ ޔަލަމްލަމް ޕްރައިވެޓް ލިމިޓެޑް ޖަމާއަތުގެ ހަވާލުގަ އެވެ. ހައްވަ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ މަދީނާއިން އައިސް ދެވަނަ އުމްރާގެ ސައުޔު ކުރުންވެސް ފުރިހަމަކޮށް ނިންމުމަށްފަހު ހޮޓަލަށް އަންނަން ހިނގައިގަތް ވަގުތު ސޮފާ މަރުވާ ތެރެއަށް ވެއްޓުމާއި ގުޅިގެން ހަމަ އެވަގުތު ޖަމާއަތުގެ ޑޮކްޓަރާއި ނަރުހުންނާ ޖަމާއަތުގެ އިމާމުގެ ހަވާލުގައި މައްކާގެ ނޫރު ހޮސްޕިޓަލަށް ގެންދެވި ޑޮކްޓަރުގެ ލަފާ ހޯދާފައިވެ އެވެ.

އެގޮތުން ހޮސްޕިޓަލުގެ ޑޮކްޓަރު ބެއްލެވުމަށް ފަހު ހައްވާ އަލީގެ ކަނާތު ފައިގެ އުކުޅުވަޅު ކަށިގަނޑުގައި ރެނދު ލާފައިވާ ކަމަށާއި، އަދި ޖެހޭނީ އޮޕަރޭޝަން ކުރަން ކަމަށް ވިދާޅުވި ކަމަށް ޔަލަމްލަމް ކުންފުނިން މައުލޫމާތުބ ދީފައިވެ އެވެ.

ބަލި މީހާއާ އެކު ބަލި މީހާގެ އާއިލާގެ ބައެއް މެމްބަރުންވެސް އެވަގުތު ހޮސްޕިޓަލުގައި ތިބުމާއެކު، އާއިލާއިން ނިންމީ މައްކާއިން އޮޕަރޭޝަން ނުކޮށް މާލެ ގެންދާށެވެ. އެހެންކަމުން ހޮސްޕިޓަލުގެ ޑޮކްޓަރު ލަފާ ދެއްވާފައިވާ ގޮތުގެ މަތިން ހައްވާ އަލީ އަވަހަށް މާލެ ގެނެއުމުގެ މަސައްކަތް ޖަމާއަތުގެ ފަރާތުން ކުރަން ފެށި އެވެ.

އެކަމަށްޓަކައި ބޭނުންވާ މަތިންދާ ބޯޓުގެ ސީޓު ހޯދުމުގެ މަސައްކަތްވެސް ހަމަ އެވަގުތުން ފެށިގެން ކުރިއަށް ގެންދެވުނެވެ. މީހާގެ ހަލަތު ހުރިގޮތުން މާލެ ގެނެވޭނީ ސްޓްރެޗު ކޭހެއްގެ ގޮތުގައި ކަމަށް ވާތީ، އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ޑޮކްޓަރުންގެ ފަރާތުންނާއި ހޮސްޕިޓަލުން ހޯދައި ފުރިހަމަ ކުރުމަށްފަހު އެއާލައިނަށް ވަނީ ހަވާލު ކުރެވިފަ އެވެ.

ނަމަވެސް މިމަހުގެ 25 ވަނަ ދުވަހާ ހަމައަށްވެސް އެއާލައިނުން ޖާގަ ލިބިދާނެ ކަމުގެ ޔަގީންކަން އަދި ލިބިފައި ނުވާ ކަމަށް އެޖަމާއަތުން ވަނީ ބުނެފަ އެވެ. އެ ތާރީހާކީ ޖަމާއަތުގެ ހަވާލުގައި މައްކާއަށް ގޮސް ތިބި 109 އުމްރާވެރިން ރާއްޖެ އަންނަން ފުރަންވެސް ހަމަޖެހިފައިވާ ދުވަހެވެ.

"މިހެން ދިމާވުމުން، ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން ގެންދަނީ މުއާމަލާތު ކުރަމުންނެވެ. ހަމަ އެއާއެކު، މިހާރު ކުންފުނީގެ ފަރާތުން އެހެން އެއަލައިންތަކުންވެސް ޖާގަ ލިބޭތޯ މިގެންދަނީ މަސައްކަތް ކުރަމުންނެވެ." ޔަލަމްލަމްގެ ބަޔާނުގައިވެ އެވެ.

މީގެއިތުރުން ބަލި މީހާ މާލެ ގެނެވެން އަންނަނީ ސްޓްރެޗާ ކޭހެއްގެ ގޮތުގައި ކަމަށް ވާތީ ގިނަ އަދަދެއްގެ ސީޓު ބޭނުންވާ ކަމަށްވެސް އެޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

ހައްވާ އަލީ ރާއްޖެ ގެނައުމަށް ސައުދީ އެއާލައިނުން ތިން ސީޓު ބޭނުންވާ ކަމަށް ހައްވާ އަށް މާމަ ކިޔާ ކުއްޖަކު ކުރިން ވަނީ ބުނެފަ އެވެ. އެގޮތުން ތިން ސީޓަށް 3000 ޑޮލަރު ދާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް މިހާރު ހަ ސީޓު ބޭނުންވާ ކަމަށް އެ އެއާލައިނުން އާއިލާ އަށް އަންގާފައިވާ ކަމަށް\ވެސް އޭނާ ވަނީ ބުނެފަ އެވެ.

އެގޮތުން ހަ ސީޓު ބޭނުންވާ ކަމަށް އެ އެއާލައިނުން ބުނެފައިވާތީ ހައްވާ އަލީ މާލެ ގެނައުމަށް ހެޔޮ އެދޭ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އާއިލާއިން ވަނީ އެދިފަ އެވެ.

ދިވެހި ރުފިޔާ އެކައުންޓް ނަމްބަރު: 7730000159924 އައިޝަތު ޝިރަން (ހައްވާ އަލީގެ މާމަ ދަރިއެއް)
ޑޮލަރު އެކައުންޓް ނަމްބަރު: 7730000075236 މުހައްމަދު މުޝްފިގް (ހައްވާ އަލީގެ މާމަ ދަރިއެއް)

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް