ads
ލޯކަލް ގަވަމަންޓް އޮތޯރިޓީ
ކާބޯތަކެތި ރަށްރަށައް ހޯދުމުގައި ކައުންސިލްތަކުން އެހީތެރިވުމަށް އެދިއްޖެ
ޒަރޫރީ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ބާވަތްތައް ހޯދުމަށް ރަށްރަށައް ދިޔުމުމުގެ ހުއްދައާއި އެތަކެތި ރަށައް ގެނައުމަށް އެހީތެރިވުމަށް ކައުންސިލްތަކަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެދިއްޖެ އެވެ.

އެލްޖީއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ދަނޑުވެރިން ހައްދާ ތަކެތި އެޖެންޓުންނާއި ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމައްޓަކައި ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަ ކައުންސިލްތަކުންދޭން ޖެހޭ ކަމަށާއި އެހެން ރަށްރަށުގައި އުފައްދާ ތަކެތި ރަށުގެ ވިޔަފާރިތަކުން ލިބޭނެ އިންތިޒާމު ކައުންސިލްތަކުން ހަމަޖައްސައިދޭންޖޭނެ ކަމަށެވެ.

"ދަނޑުވެރިން ހައްދާތަކެތި އެޖެންޓުންނާއި ވިޔަފާރިވެރިތަކަށް ފޯރުކޮށްދިނުމަށް އެއް ރަށުން އަނެއް ރަށައް ދަތުރުކުރުމުގެ ހުއްދަ ދޫކުރުމަށާއި، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެހެން ރަށުން އުފައްދާ ކާބޯތަކެތީގެ ބާވަތްތައް ރަށުގެ ވިޔަފާރިތަކަށް ފަސޭހައިން ގަނެވޭނެ އިންތިޒާމު ކައުންސިލުން ހަމަޖައްސަވައި ދެއްވުމަށްވެސް ދަންނަވަމެ އެވެ" ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބަޔާނުގައިވެ އެވެ.

 އަދި ރަމަޟާން މަހަކީ އަޅުކަމާއި ދީލަތިވުމުގެ މަސްވަރަކަށްވުމުން ކޮވިޑް-19 އާ ގުޅިގެން ބޭންނުން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ކައުންސިލްތަކަށް އެލްޖީއޭއިން އިލްތިމާސްކުރެ އެވެ. ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި އަމަލުކުރަން ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާ މި ދަނޑިވަޅުގައި އެއް ރަށުން އަނެއް ރަށަށް އަރައި ފޭބުމުގައިވެސް ގައިޑްލައިނުގައިވާ ގޮތަށް އަމަލުކުރަމުން ގެންދިއުމަށް ބަޔާނުގައި އެދިފައިވެ އެވެ.

"މި އޮތޯރިޓީން ފޮނުވާފައިވާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައިވާތީ ، ހާއްސަ ހާލަތުގައި އެއްރަށުން އަނެއްރަށައް ދަތުރުކުރުމަށް ޖެހިއްޖެނަމަ އަމަލުކުރާނެ ގޮތުގެ "ގައިޑް ލައިން" އާ އެއްގޮތަށް ޒަރޫރީ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ބާވަތްތައް ހޯދުމަށް އެއްރަށުން އަނެއްރަށައް ދަތުރުކުރުމުގެ ހުއްދަ ދޫކުރުމަށް ދަންނަވަމެވެ،" ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް