ads
ހަސަން ލަތީފް---
ފައިސާ ލިބޭ ވަރު އެނގިގެން ކަންކަން ކުރާނަމަ ބޭޒާރެއްނުވާނެ: ހަސަން ލަތީފް
ފައިސާ ލިބޭވަރު އެނގިގެން ކަންކަން ބައްޓަންކުރާނަމަ ބޭޒާރުވެގެން ނުދާނެކަމަށް ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ޕަބްލިކް ބެންކް އެކައުންޓް އޯވަޑްރޯކުރުމަށް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހުށައަޅާފައިވާ ސިޓީއަށް ބަހުސްކުރަމުން ހަސަން ލަތީފު ވިދާޅުވީ ސަރުކާރުން ނަގާ ދަރަނި ފައިސާގެ މައުލޫމާތާއި އެ ހަރަދުކުރާނެ ގޮތް މަޖިލީހަށް އެނގޭނެހެން މޮނިޓަރިން މެކޭނިޒަމެެއް އޮތުން މުހިންމުކަމަށެވެ. އަދި ބަޔަކު ކުރާ ނުރަނގަޅު ކަމެއްގެ އިލްޒާމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި އެޅެން ބޭނުންނުވާކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ ސަރުކާރުން ދަރަންޏަށް ނަގާ ފައިސާ ހަރަދުކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު މި މަޖިލީހަށް އެނގެންވާނެކަމަށް. މީގަ ދެކަމެއް އިއްޒަތްތެތި ރައީސް އަޅުގަނޑު ފާހަގަކުރަން ބޭނުންވޭ. އެއްކަމަކީ އެފައިސާ ހަރަދު ކުރާނެ ގޮތުގެ މައުލޫމާތު މި މަޖިލީހަށް މިވަގުތު ލިބެންވާނެކަން. ދެވަނަ ކަމަކީ އެ ފައިސާ ހަރަދުކުރުމުންދާއިރު އެއީ މި ވަގުތަކު ނޫން އެއީ ފައިސާ ލިބި ހަރަދުކުރަމުންދާއިރު އެފައިސާ ހަރަދުކުރަމުންދާ ގޮތުގެ މައުލޫމާތު މި މަޖިލީހިން ކަނޑައަޅާ ގޮތެއްގެ މަތިން މި މަޖިލީހަށް ލިބެންވާނެކަމަށް" ލަތީފް ވިދާޅުވި އެވެ.

އިއްޔެ ފިނޭންސް މިނިސްޓަރު ނޫސްވެރިންނާއި ބައްދަލުކޮށް "ރާއްޖޭގެ އިގްތިސޯދު މިހާރު ވަނީ ވެންޓިލޭޓަރު ބޭނުންވެފައި" ކަމަށް ވިދާޅުވުމުން އެ ވާހަކައަށް އިޝާރާތްކުރައްވާ ހަސަން ލަތީފު ވިދާޅުވީ ސަރުކާރުން އަދި މިހާތަނަށް އެކަމުގެ ތަފްސީލް ބުނެދީފައި ނެތުމަކީ އެކަމާ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އަދި އިގްތިސޯދު ވެންޓިލޭޓަރުން ނެގުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ލަތީފްގެ ވާހަކައިގައި ވަނީ ފާހަގަކޮށްފައި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އިއްޔެ ޕްރެސް ކޮންރެންސްގައި ފިނޭންސް މިނިސްޓަރު ތަފްސީލްކޮށްދެއްވި ހަރަދުތަކުގެ ތަފްސީލަކީ އަދަދަކީ 1.49 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މަޖިލީހުގައި އެދިފައިވާ ބަޖެޓަކީ 4.2 ބިލިއަން ރުފިޔާ ކަމަށްވާއިރު ބާކީ ރުފިޔާގެ ތަފްސީލް އެނގެން ބޭނުންވާ ކަމަށެވެ.

އަދި ރޯގާއިން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅިގެން ހަރަދުތަކުގެ ތަފްސީލް ވެސް ބޭނުންވާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް