ads
"ޗަޕާކް"ގެ ފުރަތަމަ ލަވަ ނެރެފި
ބޮލީވުޑުގެ ކާމިޔާބު ފަންނާނު ދީޕިކާ ޕަޑުކޮން މިހާތަނަށް ކުޅުނު އެންމެ އުނދަގޫ ފިލްމު، ޗަޕާކުގެ ފުރަތަމަ ނެރެފިއެވެ.
ބޮލީވުޑުގެ ކާމިޔާބު ފަންނާނު ދީޕިކާ ޕަޑުކޮން މިހާތަނަށް ކުޅުނު އެންމެ އުނދަގޫ ފިލްމު، ޗަޕާކުގެ ފުރަތަމަ ލަވަ ނެރެފި އެވެ.

ޗަޕާކުގެ ފުރަތަމަ ލަވައަށް ކިޔަނީ "ނޯކް ޖޯކް" އެވެ. އެއް މިނެޓާ 36 ސިކުންތުގެ ލަވަ ކިޔާފައިވަނީ ސިދާތު އެމް އާއި ގުލްޒާރު އަދި ޝަންކަރު އެހްސާން ލޯއީ އެވެ.

މަޑުމައިތިރި މި ލަވަ ހަތް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލާފަ އެވެ.


"ޗަޕާކް" އަކީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ.

އުމުރުން އެންމެ 15 އަހަރުގައި އެސިޑު ހަމަލާއެއްގެ ޝިކާރައަށް ލަކްޝްވީ އުމުރުން 32 އަހަރުގެ ފިރިހެނަކު އޭނާއަށް ލޯބި ހުށަހެޅުމުން އެ ހުށަހެޅުން ގަބޫލު ނުކުރުމުންނެވެ.

އާއިލާގެ އެހީތެރިކަމާއެކު އެ ހިތާމަތަކުން ތެދުވެ ލަކްޝްމީ ވަނީ އެސިޑު ހަމަލާގެ ޝިކާރައަކަށްވާ މީހުންނަށް އަމާޒުކޮށް އެންޖީއޯއެއް ހުޅުވާފަ އެވެ.

އަންނަ އަހަރު ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު މި ފިލްމު ނެރުމަށް ނިންމާފައިވާއިރު މި ފިލްމުގައި ދީޕިކާއާ އެކު ފެނިގެން ދާނީ ވިކްރަންތު މެކްސޭ އެވެ.

ވިކްރަންތު މިފިލްމުގައި ފެނިގެން ދާނީ، ލަކްޝްމީގެ ފިރިމީހާ، އަލޯކް ޑިކްސިތުގެ ރޯލުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް