11271
CONFIRMED

DEATHS
10234
RECOVERED
🌏40,729,251
INFECTED
🌏27,846,487
RECOVERED
🌏1,124,027
DEATH
🌏68%
RECOVERY RATE
ބޮލީވުޑް ފަންނާނުންގެ އެންމެ ފާހަގަވެގެންދިޔަ ވެޑިންޑްރެސް ތައް
Share
ބޮލީވުޑް ގިނަ ފަންނާނުންގެ ވެޑިން ޑްރެސް ތަކަކީ ފަހަގަ ކޮށްލެވޭހާ ރީތި ހެދުން ތަކެ ކެވެ.
Advertisement

އިންޑިއާ އަކީ އެމީހުންގެ ބޮޑެތި ރީތި ކައިވެނީގެ ހަފްލާ ތަކަށް މަޝަހޫރު ބައެކެވެ. އަދި އެމީހުން ކައިވެނި ކުރާއިރު ލާފައިތިބޭ ހެދުމާއި ހެދުން ފަހާފާ ހުންނަ ރީތި ފޮތްޗަކީ ގިނަ ބައެއްގެ ސަމާލުކަން އަތުލާ އެއްޗިއްސެވެ. އެގޮތުން އިންޑިއާގެ ބޮލީވުޑް ފަންނާނުން ވެސް ވަނީ ވަރަށް ބޮޑެތި ވަރަށް ރީތި ކައިވެނި ހަފްލާތައް ބާއްވާފަ އެވެ. 

މީގެ ތެރޭގައި، ދީޕިކާ ޕަދުކޯން، އަނުޝްކާ ޝަރްމާ އަދި ޕްރިޔަންކާ ޗޯޕްރާގެ ކައިވެނީގެ ވާހަކަ އަކީ ދުނިޔޭގެ އެންމެ ދައްކަމުން ދިޔަ އަދި އެންމެގެ ލޮލުގައި އަޅައިގްނެފައިވާ ބައެއް ކައިވެނި ތަކެވެ.

  • ދިޕިކާ ޕަދުކޯން

your imageދީޕިކާ ޕަދުކޯން އަދި ރަންވީރް ސިންހް

ދީޕިކާ ގެ ކައިވެނި ހަފްލާ އަށް އޭނާ ލާފައި ވަނީ ރަން އަދި ރަތް ކުލައިގެ ރީތި ސާރީ އެކެވެ. އަދި ލާފައިވާ ހެދުން އިތުރަށް ފުރިހަމަ ކޮށްލުމުގެ ގޮތުން، ފެހި ކުލައިގެ ފަށަކާއި އަދި ރަންރިހި ކުލައިގެ ހާރުފަށެއް އޭނާގެ ކަރުގައި ވަނީ އަޅާފަ އެވެ. އަދި ކަންފަތުގައި ފެހިކުލައިގެ ފަށާއި ގުޅުވައިގެން ކަންފަތުލާ ރީތި އެތިކޮޅެއްވެސް ވަނީ ލާފަ އެވެ. އަދި އާނަންދް ކަރަޖް ހަފްލާ އަށް ދީޕިކާ ލާފައިވާ ކްރިމްސަން ކުލައިގެ ލެހެންގާ އެކެވެ. މި ލެހެންގާ ޑިޒައިންކޮށް، ތައްޔާރުކޮށް އަދި ފަހާ ނިމިފައި ވަނީ އެތަކެއް މަސް ދުަވހުގެ ބުރަ މަސައްކަތައް ފަހު ކަމަށް ލެހެންގާ ޑިޒައިން ކުރި ފަރާތުން ވަނީ ބުނެފަ އެވެ.

  • އަނުޝްކާ ޝަރްމާ

your imageއަނުޝްކާ ޝަރްމާ އަދި ވިރާތު ކޯލީ

ކައިވެނި ހަފްލާގައި އަނުޝްކާ އަދި ވިރާތު ލާފައިވަނީ ސަބަޔަސާކީ މުކަރްޖީ ޑިސައިން ހެދުމެވެ. އެގޮތުން އަނުޝްކާގެ ރީތި މަޑު ފިޔާތޮށި ކުލައިގެ ލެހެންގާ ގިނަ ބައެއްގެ ލޮލުގައި އަޅައިގަންފާ ވާއިރު. އެ ހެދުމަށް ވަނީ ގިނަ ބައެއްގެ މަގްބޫލުކަން ވެސް ލިބިފަ އެވެ. އަދި އެ ހެދުމުގައި ހުރިއިރު އަނުޝްކާގެ ރީތި ކަން އިތުރަށް ފެނިގެންދާ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. އަނުޝްކާ ކައިވެނީގެ ރިސެޕްޝަން ގައި ލައިގެން ހުރީ ރަން އަދި ރަތް ކުލައިގެ ރީތި ސާރީ އެކެވެ.

  • ޕްރިޔަންކާ ޗޯޕްރާ

your imageޕްރިޔަންކާ ޗޯޕްރާ އަދި ނިކް ޖޯނަސް

ހޮލީވުޑްގެ މަޝްހޫރު ލަވަކިއުން ތެރިއެއް ކަމަށްވާ ނިކް ޖޯނަސް އާއި ކައިވެނި ކުރި ޕްރިޔަންކާ ޗޯޕްރާ ވަނީ އިންޑިއާގެ ސަގާފީ ކައިވެނީގެ އިތުރުން ވެސްޓާން ސްޓައިލަށް ވެސް ކައިވެނި ހަފްލާ އެއް ބާއްވާފަ އެވެ. މި ކައިވެނީގެ ހުރިހާ ހަފްލާ އެއްގައި ވެސް ޕްރިޔަންކާ ލާފައިވާ ކޮންމެ ހެދުމެއްގެ ވެސް ހުރި ރީތި ކަމާއި ތަފާތު ކަމުގެ ވާހަކަ ގިނަ ބަޔަކު އަދިއަދާ ހަމައަށް ވެސް ދައްކަމުންދެ އެވެ. ވެސްޓާން ސްޓައިލް ކައިވެނި ހަފްލާ އަށް ރީތި ހުދު ވެޑިންޑްރެސް އެއް އެ ފަންނާނު ލާފައި ހުރި އިރު، އިންޑިއާ ކައިވެންޏައް އޭނާ ލާފާ ވަނީ ރަތްކުލާގެ ރީތި ލެހެންގާ އެކެވެ. އެ ލެހެންގާ އިންޑިއާގެ ސަގާފަތާއި، އިންޑިއާގައި އާންމު ގޮތެއްގައި ކައިވެނި ހަފްލާ ތަކުގައި އަންހެން ކުދިން ލާ އުޅޭ ހެދުން ދައްކުވާލަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް