ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އީވޯޓިންއަށް ދިއުމަށް ވިސްނަންޖެހޭ: އަސްލަމް
އިލެކްޓްރޯނިކް ވޯޓިން (އީ-ވޯޓިން)އަށް ދިއުމުގެ ވިސްނުން ގެންގުޅެންޖެހޭކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމުގެ ހާއްސަ ބިލަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މިދަނޑިވަޅަކީ އީވޯޓިންއަށް ދިއުމަށް ރަނގަޅުވަގުތެއް ކަމަށެވެ. އަދި މިކަމަށް އިލެކްޝަންސް ކޮމިޝަނުން ބައެއްކަންކަން ބަލާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ މަޖިލީހުން އިތުރަށް މިކަން ބަލަންޖެހޭކަމަށެވެ. 

އިންތިހާބު ތަކުގައި އޮންނަ ބިރަކީ މަކަރާއި ހީލަތް ހެދުމުގެ ބިރުކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ އީވޯޓިންއަށް ބައިނަލްއަގުވާމީ މުޖުތަމައުގައި ބަލައިގަންނަ ސިސްޓަމްތަކެއް އެބަހުރިކަމަށެވެ. އަދި މަކަރު ހެދުމާއި އޮޅުވާލުމުގެ ކަންކަން ހައްލު ކުރެވޭނީ ހޭލުންތެރިކަން އިތުރުކޮށް ވަގުހަދާ މީހުންނަށް ހަރުކަށި އަދަބު ދީގެން ކަމަސް އަސްލަމް ވިދާޅުވި އެވެ. 

އަސްލަމް ވިދާޅުވީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބު ނަމަވެސް ވަގުހަދާ މަކަރުހަދާ ފަރާތްތަކާއި މެދު ހަރުކަށި އަދަބު ދޭންޖެހޭ ކަމަށެވެ. އަސްލަމް މިފަދައިން ވިދާޅުވިއިރު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ނައިބު ރައީސް ކަމުގެ މަގާމަށް އަސްލަމް އާއި މިހާރުގެ ނައިބު ރައީސް މުހައްމަދު ޝަފާޒް ވާދަކޮށް އަސްލަމަށ ްވަނި ނާކާމިޔާބީ އާއި ކުރިމަތިވެފައެވެ. އަދި އިންތިހާބު އޮޅުވާލާފައިވާކަމަށް އަސްލަމަށް ތާއީދު ކުރާ ފަރާތްތަކުން އައީ ބުނަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް