
އަސްކޮއި ގްރޫޕުން ލަނޑުދިން ނަމަ ފުލުހުންނަށް އަންގަން އެދެފި
މުހައްމަދު އާދަމް އަހްމަދު
17 ޖުލައި 2025 - 17:35:24
އުމްރާއަށް ގެންދާނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައި އަސްކޮއި ގުރޫޕުން ލަނޑުދީފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް އެ ކަން އެންގުމަށް އެދިއްޖެއެވެ.
މިމަހު އުމްރާއަށް ގެންދާނެކަމަށް ބުނެ އަސްކޮއި ގްރޫޕުން ބަޔަކަށް އޮޅުވާލި މައްސަލަ ފެންމަތިވީ ރެއެވެ. އެ މައްސަލަ މިއަދު ފުލުހުންނަށް ހުށައަޅާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މައްސަލަ ބަލަމުންދާކަން ހާމަކޮށް ފުލުހުން ބުނީ އަސްކޮއި ގްރޫޕުގެ ފަރާތުން އެފަދަ ކަމެއް އިތުރު ފަރާތަކަށް ދިމާވެފައިވާނަމަ އޭގެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ. އެގޮތުން ފުލުހުންގެ އިކޮނޮމިކް ކްރައިމްގެ ނަންބަރު 9790048އަށް ގުޅުމަށް ފުލުހުން އެދެއެވެ. އަދި ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހާޒިރުވެ މައްސަލަ ހުށަހެޅުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް