ads
މާފުށި--
މާފުށި މޮނިޓަރިންގެ ހާލަތަށް
ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބެލުމަށް، ކ. މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސް އެރަށުން އަރައި ފޭބުން މަނާކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެރަށު ކައުންސިލަށް ފޮނުވި ބަޔާނުގައި ބުނެ އެވެ. 

އެގޮތުން ވަކި ގޮތެއް އަންގަންދެން އެރަށަށް މީހުން އަރައި ފޭބުން މަނާކޮށްފައިވާއިރު އެޗްޕީއޭ އިން ވަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތައް އަދި ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް މިކަމުގައި ކައުންސިލް އިދާރާގެ ފަރާތުން ކުރަން ޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅަން އަންގާފަ އެވެ. 

ކޮވިޑް-19 އަށް އަލާމާތް ހުރި މީހުންނާއި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އިތުރުން އަދި ކޮންޓެކްޓްވެފައިވާ މީހުންނާއި ގުޅިގެން މިހާތަނަށް 21 ރަށަކާއި 221 އިމާރާތެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެ އެވެ. 

މީހުން ދިރިއުޅޭ ރަށްރަށް މޮނިޓަރިންގެ ހާލަތަށް ގެންނަން ޖެހުނީ މާލެއިން ބައްޔަށް ޕޮޒިިޓިވްވި މީހަކު ފެނުމާއެކު މާލޭގައި ތިބި ބައެއް މީހުން އަތޮޅު ތެރެއަށް ދަތުރުކޮށްފައިވާތީ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް