ads
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރަސްމީ ދަތުރުފުޅެއްގައި ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރަސްމީ ދަތުރުފުޅެއްގައި ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި އަންނަ ހުކުރު ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
Advertisement

މޯދީ ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާއާ ދިމާކޮށެވެ. މީގެ އިތުރުން، މިއީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ ވެސް 60 އަހަރު ފުރޭ އަހަރެވެ. 

ރައީސް އޮފީހުން ބުނީ، ތިންވަނަ ދައުރަކަށް ބޮޑުވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.

"މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބޮޑުވަޒީރު މޯދީ، ދެ ގައުމާ ގުޅޭ އަދި ސަރަހައްދީ އެކި މައްސަލަތުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ އެވެ." ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އިފްތިތާހުކުރުމާއި އިތުރު ކަންކަމާ ގުޅޭ ގޮތުން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަކުގައި ސޮއިކުރެއްވުން ވެސް އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް