ads
މާލޭގައި މިރޭ ހިނގި އެކްސިޑެންޓް
އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލައިފި
މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި 16 އަހަރުގެ ކުއްޖާ ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
Advertisement

މާފަންނު ބަސް ސްޓޭޝަން ކުރިމަތިން ބޮޑުތަކުރުފާނުގައި މަގުގައި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 17 އަހަރުގެ ކުއްޖާވަނީ އެކްސިޑެންޓްވިތާ މާ ގިނައިރުތަކެއް ނުވަނީސް ނިޔާވެފައެވެ. އެއީ ޔޫސުފް އަލްސަން މުހައްމަދުއެވެ.

މި އެކްސިޑެންޓްގައި ޒަހަމްވެ ފަރުވާދެމުން މިހާރު އަންނަނީ 40 އަހަރުގެ މީހަކަށެވެ.

16 އަަހަރުގެ ކުއްޖަކީ އެ އެކްސިޑެންޓްވި ސައިކަލްގެ ފަހަތުގައި އިން ކުއްޖާއެވެ. 40 އަހަރުގެ މީހަކީ މަގަށް ދުވަން ނުކުމެ އުޅުނު މީހެކެވެ. އެއީ ބ. ތުޅާދޫއަށް ނިސްބަތްވާ އިބްރާހިމް ސިރާޖްއެވެ. 

އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓުގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ފަހު، އުމުރުން 16 އަހަރުގެ ކުއްޖާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އެހެންނަމަވެސް 40 އަހަރުގެ މީހާއަށް އަދިވެސް ފަރުވާދެމުން އަންނަކަމަށާއި އޭނާ އޮތީ އާއިސީޔޫގައި ކަމަށް ހޮސްޕިޓަލުން ބުނެއެވެ. 

ޒަހަމްވި 40 އަހަރުގެ މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތެރޭގައި މޫނާއި މޭގެ ބައެއް ކަށިތައް ބިނދިފައިވާކަން ވަނީ އެނގިފައެވެ. އަދި ބޯވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާކަންވެސް ވަނީ އެނގިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް