ads
ރައީސް މުއިއްޒާއި އެމަނިކުފާނު އާއިލާ
ރައީސްގެ ދަރިކަލުންގެ އަބުރަށް މަންދީ އަރައިގަތް ކަމަށް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކޮށްފ
ރައީސް މުހައްމަދު މުއިއްޒު ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް، އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު ދެއްކި ވާހަކައިން އުމައިރުގެ އަބުރަށް އަރައިގެންފައިވާކަން ސާބިތުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމެއިރު މުހައްމަދު މުއިއްޒު ވޭޕްކުރާ ކަމަށް މަންދީ ތުހުމަތުކޮށް ދެއްކި ވާހަކަތަކާ ގުޅިގެން، އޭނާއާއި ދެކޮޅަށް ދައުވާ  އުފުލީ ފަސްޓްލޭޑީ ސާޖިދާ އަހުމަދުއެވެ. އެ ދައުވާ އުފުލީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުންނެވެ. 

އެ މައްސަލައިގައި މަރިޔަމް ޒުބައިރުގެ އިތުރުން ސާޖިދާ ވަނީ އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށްވެސް ދައުވާކޮށްފައެވެ. 

އެ މައްސަލަ ނިންމާ އިއްވި ހުކުމުގައި މަރިޔަމް ޒުބައިރު ދެއްކި ވާހަކައިން އުމައިރުގެ އަބުރަށް އަރައިގެންފައިވާކަން ސާބިތުވާ ކަމަށެވެ. އެހެންނަމަވެސް

އެ ވާހަކަތަކުގެ ޒިންމާ އެމްޑީޕީ އާއި ފައްޔާޒަށް މަތިކުރެވޭނެ ހަމައެއް ނެތް ކަމަށެވެ. އެހެންކަމުން ސާޖިދާ އެދިވަޑައިގެން ގޮތަށް އާންމުކޮށް މައާފަށް އެދެން އަމަރުކޮށްދެވެން ނެތް ކަމަށްވެެސް ހުކުމުގައިވެއެވެ. 

މި މައްސަލާގައި ހުކުމްކޮށްފައިވަނީ މަރިޔަމް ޒުބައިރުގެ ގައިރު ހާޒިރުގައެވެ. 

ކޯޓު ހުކުމްގައި ބުނީ މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން އުމެއިރުގެ އަބުރު ރައްކާތެރިވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ސާޖިދާ އަށް ލިބިގެންވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް