ads
"މައި އެމްޑަބްލިއުއެސްސީ" އެޕް އިފްތިތާހްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެކުންފުނީގެ މެނޭޖިން ޑިރެކްޓާ އަބްދުލް މަތީން
އިތުރު ހިދުމަތްތަކާއެކު އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕް އިފްތިތާހުކޮށްފި
މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން، ބޮޑެތި ބަދަލުތަކާއެކު އެކުންފުނީގެ އެޕް އަލުން އިފްތިތާހްކޮށްފި އެވެ.
Advertisement

އެމްޑަބްލިޔުއެސްސީން ބުނީ، މި އެޕަށް ބަދަލުތައް ގެނެސްފައިވަނީ އެ ކުންފުނީގެ ހިދުމަތްތައް ލިބިގަތުން ފަސޭހަ ކޮށްދީ އަވަސް ކޮށްދިނުމަށް ކަމަށެވެ.

އެމްޑަބްލިޔުއެސްސީގެ ސްމާޓް މީޓަރު ހަރުކޮށްފައިވާ ކަސްޓަމަރުންނަށް މިހާރު އެޕް މެދުވެރިކޮށް އެ ދުވަހަކު ފެން ބޭނުންކުރެވުނު މިންވަރު ބަލާލެވޭނެ އެވެ.

މީގެ އިތުރުން އެމްޑަބްލިޔުއެސްސީ އެޕް މެދުވެރިކޮށް ބިލްގެ ޗާޖަސް އަދި ފޯކާސްޓް ބަލައިލުމުގެ އިތުރުން ކަސްޓަމަރު ބޭނުންނަމަ އެޕް މެދުވެރިކޮށް ފެން ބިލް ޑައުންލޯޑް ކޮށްލެވޭނެ އެވެ.

އެމްޑަބްލިޔުއެސްސީ އެޕް މެދުވެރިކޮށް މިހާރު ފެނުގެ އެކައުންޓްސް މެނޭޖްކޮށްލެވޭނެ އެވެ. މި ގޮތުން މެނޭޖް އެކައުންޓްސް މެދުވެރިކޮށް ކަސްޓަމަރު އަޅާފައި ހުރި ހުރިހާ އެކައުންޓްތަކާއި މީޓަރުތައް އެއްތަނަކުން ބަލައިލެވޭނެ އެވެ. އަދި އާ މީޓަރެއް އިތުރުކޮށްލެވޭނެ އެވެ.

އެޕް މެދުވެރިކޮށް ލިބޭ އިތުރު ފަސޭހަތަކުގެ ތެރޭގައި އެޕްގައި ހިމެނޭ މަލްޓިޕޭ އިން އެކި އެކައުންޓްތަކުގެ ބައިވަރު ބިލްތަކަށް އެއްފަހަރާ ފަސޭހަކަމާއެކު ފައިސާ ދެއްކުން ހިމެނެ އެވެ. އެޕްގައިވާ ބިލް ކަލްކިއުލޭޓާ ބޭނުންކޮށްގެން ބިލްގެ އަންދާޒާއެއް ކަލްކިއުލޭޓް ކޮށްލެވޭނެ އެވެ. 

ގިނަ ބަދަލުތަކާއެކު "މައި އެމްޑަބްލިއުއެސްސީ" އެޕް އިފްތިތާހްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދާއި، ޗެއާޕާސަން ޝަމްހޫޒާ އަހުމަދެވެ. މިރަސްމިއްޔާތުގައި އެމްޑަބްލިއުއެސްއީގެ ބޯޑު މެމްބަރުންގެ އިތުރުން އެކުންފުނީގެ މުވައްޒަފުންވެސް ބައިވެރިވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، އެ ކުންފުނީގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން، ވީހާވެސް ލުއިފަސޭހަ ކަމާއެކު ހިދުމަތްތައް ލިބޭނޭ އިންތިޒާމްތައް ހަމަޖައްސައިދިނުން ކަމަށެވެ.

"މި އެޕް މެދުވެރިކޮށް، ކަސްޓަމަރުން ހުޅުވާފައިވާ ހުރިހާ އެކައުންޓެއްގެ މައުލޫމާތު ބަލާލެވޭނެ. އެއް އެކައުންޓެއް މެދުވެރިކޮށް އެއް ބިލަށްވުރެ ގިނަ ބިލުތަކަށް އެއްފަހަރާ ފައިސާ ދެއްކުމުގެ މަގުވެސް ފަހިވެގެންދާނެ. އަދި ސްމާޓް މީޓަރު ހަރުކޮށްފައިވާ ގޭބިސީތަކުގެ ކަސްޓަމަރުންނަށް ވަކިވަކި މީޓަރުތަކުން ފެން ބޭނުން ކުރެވިފައިވާ މިންވަރުގެ ތަފުސީލާއި، ފެން މީޓަރުގެ ރީޑިންގެ އިތުރުން ފެން ބިލުތަކުގެ ތަފުސީލުތައްވެސް އެޕް މެދުވެރިކޮށް ބަލާލެވޭނެ. މި އެޕުން ކަސްޓަމަރުންނަށް އަވަހަށް ހިދުމަތް ލިބިގެންދާނެ." އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު މަތީން ވިދާޅުވި އެވެ.

1995ވަނަ އަހަރު އެފުދުނު އެމްޑަބްލިޔުއެސްސީއަކީ މާލެ ސަރަހައްދަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މައި ކުންފުންޏެވެ. މާލެ ސަރަހައްދުގެ އިތުރަށް 3 ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ކުންފުނިން ފޯރުކޮށްދޭއިރު، އެއް ރަށަކަށް ކަރަންޓުގެ ހިދުމަތްވެސް ފޯރުކޮށްދެ އެވެ. އެގޮތުން ގާތްގަނޑަކަށް 200،000 މީހުންގެ އާބާދީއަކަށް އެމްޑަބްލިޔުއެސްސީން އަންނަނީ ހިދުމަތްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް