ads
ކަނޑު ކުކުޅު--
ސީއެންއެމް ބަދިގެ: ކަނޑު ކުކުޅު ރިހަ
ރޯދަ މަހުގައި ތަފާތު އެކި ބާވަތްތަކުގެ ކާނާ ގޭގޭގައި ތައްޔާރުކުރެ އެވެ. ތަފާތު އެކި އާ ވައްތަރުގެ ކެއުންތައް ވެސް ހެދުމަށް މަސައްކަތް ކުރެ އެވެ. އެކަމަކު މިފަހަރު "ސީއެންއެމް ބަދިގެ" ގައި މި ގެނެސްދެނީ ދިވެހިންނަށް އާބާވަތަކަށް ނުވާނެ އެވެ. ކަނޑު ކުކުޅު ރިހައަކީ ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭ މީރު ރިހަ އެކެވެ.

ކަނޑު ކުކުޅު ތައްޔާރުކުރާއިރު ބޭނުންވާނެ ތަކެތި:

  • 100 ގްރާމް އައްޑޫ ހަވާދު
  • 1/2 ކަނޑު މަސް 
  • 2 ފިޔާ 
  • 4 ލޮނުމެދު
  • 3 ކަރަންފޫ
  • 1 ޖޯޑު ކާށިކިރު
  • 1/2 ޖޯޑު ކާށިކިރު ކްރީމް
  • 2 ދިގު ރާނބާފަތް
  • ހިކަނދި ފަތް
  • ލޮނު
  • ތެޔޮ
  • 1/2 ސައި ސަމްސާ އިނގުރު ޕޭސްޓް
  • ގިތެޔޮ މިރުސް
  • 3 ބިލިމަގު
  • ފޮނިތޮށިކޮޅެއް
  • ކާފުރުތޮޅި

ތައްޔާރުކުރާނެ ގޮތް

ހަވާދުގެ ދެބައި ކުޅައެއްބައި ނެގުމަށްފަހު ކުޑަ ލޮނުކޮޅެއް އަޅާލާށެވެ. އަދި މަސް ކިބަ ތުނިކޮށް ކޮށާލާށެވެ. ކޮންމެ އެތިކޮޅެއްގައި ގާތްގަނޑަކަށް ތިން ވަރަކަށް އިންޗި ހުންނަން ޖެހޭނެ އެވެ. ސްވިސް ރޯލެއް ގޮތަށް މަހުގެ އެތެރެއިން ކަފާލުމަށްފަހު ލޮނާއި އެކު ތައްޔާރުކުރި ހަވާދު ކޮޅު ރީއްޗަށް މަހުގައި ހާކާލުމަށް ފަހު ރޯލްކޮށް އަދި ރާނބާފަތުގެ ހިމަ އެތިކޮޅަކުން އައްސާލާށެވެ. މިގޮތަށް ހެދުމަށް ފަހު މެރިނޭޓްކުރުމަށް ފްރިޖުގައި އިރުކޮޅަކު ބަހައްޓަންވާނެ އެވެ.

އެއަށްފަހު ތެއްޔަކަށް ތެޔޮކޮޅެއް އެޅުމަށްފަހު ފިޔާ، ލޮނުމެދު، އިނގުރު، ފޮނިތޮށި، ކާފޫރުތޮޅި އަދި ކަރަންފޫ އަޅާލާށެވެ. އަދި ހިކަނދިފަތްކޮޅާއި ރާނބާފަތްކޮޅުވެސް އަޅާ މަޑު ގިނީގައި ފިޔާ މީރުކޮށްލާށެވެ. އަދި މި ފިޔާކޮޅުގެ އެއް މޭޒުމަތީ ސަމްސާ ނެގުމަށްފަހު ކާށިކިރު ކްރީމްކޮޅުގެ ތެރެއަށް އަޅާށެވެ.

ބާކީ ހުރި ހަވާދުކޮޅު ކާށިކިރާއި މިކްސް ކޮށްލުމަށްފަހު އުނދުންމަތީހުރި ފިޔާކޮޅުގެ ތެރެއަށްއަޅާ ކައްކާލާށެވެ. އެއަށް ފަހު މިރުހާއި ބިލިމަގު އަޅާށެވެ. އަދި ތައްޔާރުކޮށްފައި ހުރި މަސްކޮޅު ތެލީގެ ތެރެއަށް އަޅާ ކައްކާށެވެ.

އޭގެ ފަހުން މަސްކޮޅުގެ ރޯ ފިލުވުމުގެ ކުރިން ބާކީ ބެހެއްޓި ފިޔާކޮޅާއި ކާށިކިރު ކްރީމްކޮޅާއި ހެޔޮވަރު ވަރަކަށް ލޮނު އެޅުމަށް ފަހު ކައްކާލާށެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް