ads
އިދިކޮޅު ކޯލިޝަން އޮފީސް - ފޮޓޯ/ ސަން
މާފުށި ލޮކްޑައުން ކުރުމާއި އެކު ޔާމިން ގެއަށް ބަދަލު ކުރަން އަނެއްކާވެސް އިދިކޮޅުން ގޮވާލައިފި
ކ.މާފުށި މޮނިޓަރިން ހާލަތަށް ގެނެއުމާއެކު އަނެއްކާވެސް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ގެއަށް ބަދަލުކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ

އިދިކޮޅުކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19 އާ ގުޅިގެން މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާއިރު އެކަމުގެ ތަފްސީލް ހާމަނުކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން އެރަށުގެ ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން ކުޑަކުރުމަށް އެކަމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލާ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

"ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި 2020 އޭޕްރީލް 26 ވަނަ ދުވަހުގެ 20:48 އިން ފެށިގެން ކ. މާފުއްޓަކީ މޮނިޓަރިންގެ ވާރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ. މޮނިޓާ ކުރެވެމުންދާ ރަށެއްގެ ގޮތުގައި މާފުށި ކަނޑައެޅި ކަމުގައި ވީނަމަވެސް އެރަށް މޮނިޓަރިން އަށް ގެނެވުނު ސަބަބަބެއް ތަފްސީލުކޮށް ހާމަކޮށްފައި ނުވުމަކީ މި ކޯލިޝަންގެ ކަންބޮޑުވުން އޮތް ކަމެކެވެ" ކޯލިޝަންގެ ބަޔާނުގައިވެ އެވެ.

އަދި ކޯލިޝަނުގެ ލީޑަރަށް ނުހައްގުން އިއްވާފައިވާ ޖަލުހުކުމް ތަންފީޒުކުރަމުން އަންނަނީ މާފުށީ ޖަލުގައިކަމަށާއި އެ ޖަލުގައި ސަލާމަތީ ކަންކަން ކަށަވަރުކުރެވިފައިވާ މިންވަރު އެނގެން ނެތުމަކީ ކޯލިޝަނުން ކަންބޮޑުވާ ކަމެއްކަމަށެވެ. އެހެންކަމުން ޖަލުގައި ރައްކާތެރިކަމުގެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައި ޔާމިން ގެޔަށް ބަދަލުކުރަން ގޮވާލާކަމަށް ބަޔާނުގައިވެ އެވެ.

"އެމަނިކުފާނު ނުހައްގުން ބަންދު ކުރެވިފައިވަނީ ވެސް މާފުށީ ޖަލުގައެވެ. އަދި ޖަލުގެ ހާލަތު މިވަގުތު އޮތް ގޮތް ނޭނގޭތީއާ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ މައްޗަށް ސިޔާސީ ނުފޫޒުން ކުރެވިފައިވާ ހުކުމާ ގުޅިގެން، އެމަނިކުފާނު ބަންދު ކުރެވިފައި ވަނީ މާފުށީ ޖަލުގަ އެވެ. އަދި ޖަލުގެ ހާލަތު މިވަގުުތު އޮތް ގޮތް ނޭނގޭތީ އާއި ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ މިންވަރު އެއްވެސް ވަރަކަށް އެނގެން ނެތުމަކީވެސް މިކޯލިޝަނުގެ ކަންބޮޑުވުމެއް" ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވުމުން އިދިކޮޅު ކޯލިޝަނުން ވަނީ ބަޔާންނެއް ނެރެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ގޮވާލަފައެވެ. އިދިކޮޅުން ނެރޭ ކޮންމެ ބަޔާނެއްގައި ރައީސް ޔާމިން ގޭ ބަންދަށް ބަދަލުކުރުމަށް ގޮވާލަމުންދާއިރު، އެމަނިކުފާނަކީ ކޮވިޑް-19 ގެ ހައިރިސްކް ކެޓަގަރީގައި ހިމެނޭ ބޭފުޅެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ވަނީ ދާދި ފަހުން ވިދާޅުވެފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް