ads
ރިތިކް އޭނާގެ ދަރިންނާއެކު--
ރިތިކް ސިނގިރޭޓެއް ނުބޯނެ
ބޮލީވުޑުގެ ތަރި ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒޭން ހާން މިވަނީ ރިތިކް އާއި އެމީހުންގެ ދަރިން ބެލްކަނީގައި ނަގާފައިވާ ލޯބި ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެކަމަކު މި ފޮޓޯއާއެކު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ރިތިކްގެ އަތުގައި ކޮންމެވެސް އެއްޗެއް އޮތުމުން އެޔަށެވެ.

އެގޮތުން އަތުގައި އޮތީ ސިނގިރޭޓެއް ކަމަށް ބުނެ އޭނާއަށް ފާޑުކިޔުން އަމާޒުވީ ދަރިންނާއެކު ހުރެގެން ވެސް ސިނގިރޭޓް ބޮނީ ކަމަށް ބުނެ އެވެ. 

ފާޑުކިޔުންތަކަށް އުމުރުން 46 އަހަރުގެ ރިތިކް ދިނީ ފިނި ރައްދެކެވެ. ރިތިކް ބުނީ އޭނާއަކީ ސިނގިރޭޓް ބޯމީހެއް ނޫން ކަމަށެވެ. އަދި ބުނީ އޭނާއަކީ "ކްރިޝް" ނަމަ ދުނިޔޭގައިވާ ހުރިހާ ސިނގިރޭޓެއް ހަލާކުކޮށް ބޭނުންނުކުރެވޭ ވަރު ކުރާނެ ކަމަށެވެ. 

ކްރިޝްއަކީ 2006 ވަނަ އަހަރު ރިތިކް ލީޑު ރޯލުން ފެނިގެންދިޔަ ފިލްމެކެވެ. މި ފިލްމުގައި އޭނާ ފެނިގެންދިޔައީ "ސުޕަ ހީރޯ" އެއްގެ ރޯލުންނެވެ. ކްރިޝްނަމަ ދުނިޔެއިން ހުރިހާ ސިނގިރޭޓެއް ނެތިކޮށްލާނެ ކަމަށް އޭނާ އެބުނީ އެހެންވެ އެވެ. 

ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިގެންދިޔަ ރިތިކް އެންމެ ފަހުން ފެނިގެންދިޔައީ "ވޯ" އިންނެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބިގެންދިޔަ ފިލްމެކެވެ. އޭގެ އިތުރުން ވެސް ރިތިކް ވަނީ ކޮއި މިލް ގަޔާ އާއި ކަހޯނާ ފިޔާރު ހޭ އަދި ޒިންދަގީ ނާމިލޭންގީ ދޮބާރާ އިން ވެސް ފެނިގެންގޮސްފަ އެވެ. 

ރިތިކް ދިރިއުޅޭ ގޭގައި މިހާރު އޭނާގެ ކުރީގެ އަންހެނުން ވެސް ދިރިއުޅެމުން އަންނައިރު މި ދެތަރިން ވަކިވި ނަމަވެސް ފެނިގެންދަނީ ދެ ދަރިންގެ ކަންކަން އެކުގައި ބަލަހައްޓަމުން އަންނަ މަންޒަރެވެ. އަދި އެކުގައި ޗުއްޓީ ދަތުރުތައް ވެސް ގޮސްހަދަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް