ads
މިނިސްޓަރު އަމީން ވަނީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދާއި ހިލާފުވެފައި: ރައީސް ނަޝީދު
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދާއި ހިލާފުވެފައިވާކަމަށް ދެކޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނުއަސާސީގެ 98 ވަނަ މާއްދާއާއި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 80 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ހެލްތް މިނިސްޓަރު އަމީނަށް ލިޔުމުން ޖަވާބު ހޯދުމަށް ފޮނުވާފައިވާ ސުވާލު ނޯޓިސް އޭޕްރިލް 14 ވަަނަ ދުވަހު މިނިސްޓަރު އަމީނަށް ފޮނުވާފައިވާކަމަށެވެ. 

އަދި އެސުވާލު ނޯޓިހަށް ޖަވާބުދެއްވުމަށް އަރުވާފައިވާ 14 ދުވަހުގެ ނޯޓިހުގެ މުއްދަތު އޭޕްރިލް 27 ގެ ނިޔަލަށް ހަމަވެ ޖަވާބު ދެއްވުމަށް މިއަދު މެންދުރު 02:00ގެ ނިޔަލަށް އަރުވާފައިވާ މުއްދަތު ހަމަވި އިރުވެސް ޖަވާބު ފޮނުވާފައިނުވާ ކަމަށެވެ. 

އަދި އެކަމުގެ ސަބުބުން މިނިސްޓަރު އަމީން ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާއި ހިލާފުވެފައިވާކަމަށް މަޖިލީހުގެ ރައީސް ނަޝީދު ނެކެވަޑައިގަންނަވާކަމަށް މަޖިލީހުން ނެރެފައިވާ ނޫސްބަޔާނުގައި ވެއެވެ. 

މެމްބަރު ހައިތަމް މިނިސްޓަރު އަމީނަށް ސުވާލު ކުރުމަށް ހުށަހަޅާފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް ނިންމާފައިވާ ވެންޓިލޭޓަރުތަކާ ގުޅިގެންނެވެ.

އެ ސުވާލުތަކުގެ ތެރޭގައި ވެންޓިލޭޓަރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށް ދޭތޯއާއި، އެކަމުގެ މަސައްކަތް ކުރިއަށްދާ ގޮތަކީ ކޮބައިކަން ސާފުކުރުން ހިމެެނެ އެވެ.

އޭގެ އިތުރުން ބިޑްކޮށްގެން ކުރިއަށް ގެންދާނަމަ ބިޑަށް ކުރިމަތިލީ ކިތައް ފަރާތުން ތޯ ވެސް ހުށައަޅުއްވާފައިވާ ސުވާލުތަކުގައިވެ އެވެ. އަދި ވެންޓިލޭޓަރުތައް ރާއްޖެއަށް ލިބިފައި ނުވަނީ ކީއްވެތޯ އާއި ވެންޓިލޭޓަރުތައް ރާއްޖެއަށް ލިބޭވަރު ވާނީ ކޮންއިރަކުން ތޯ ވެސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް