
އައްޑޫ ސިޓީ މަރަދޫ ފޭދޫ މި ނަގޫރޯޅި އެރީ މީގެ ބައިގަޑިއެއްހާއިރު ކުރިން ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި މި ނަގޫރޯޅީގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެރަށުން ބުނެއެވެ.
ސީއެންއެމްއާ ވާހަކަ ދައްކަވަމުން އައްޑޫ ސިޓީ ކައުންސިލް މެމްބަރު ހާލިދާ މުހައްމަދު ވިދާޅުވީ މިއަދު ހެނދުނު 08:40 ގައި ވަރަށް ބޯކޮށް ވާރޭވެހި ވަރަށް ވައިގަވެ ގެތަކެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ. އެ ގޮތުން 7 ގެއެއްގެ ފުރާޅު އެއްލާޕާފައިވާކަމަށާއި އޭގެތެރެއިން އެއްގެއްގެ ފުރާޅުގެ އެއްބައި އެއްކޮށް އެއްލާލާފައިވާކަމަށް ކައުންސިލް މެމްބަރު ހާލިދާ މުހައްމަދު ވިދާޅުވިއެވެ. އަދި އެރަށު ހިނަވާގޭ ފުރާޅު އެއްކޮށް އެއްލާލާ ފުރާޅު ފެނުނީވެސް މާ ދުރުންކަމަށް އޭނާ ވިދާޅުވިއެވެ.
މަރަދޫފޭދޫއަށް ނަގޫ ރޯޅިއެއް އަރާ ގެއެއްގެ ފުރާޅު އެއްލާލާފައި. ފޭސްބުކް ފޮޓޯ: މުޙައްމަދު އިމްތިޔާޒް
މި ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ކައުންސިލް މެމްބަރު ހާލިދާ މުހައްމަދު ވިދާޅުވިއެވެ.