ads
ފޮޓޯ: ފައިނު އޮންލައިން
ދަނޑުވެރިން ހައްދާ ތަކެތި އެގްރޯނެޓުން ގަންނަން ފަށައިފި
ދަނޑުވެރިން ހައްދާ ތަކެތި ރަށު ކައުންސިލުތަކާއި ގުޅިގެން ގަންނާނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ދަނޑުވެރިކަން ދިރުވާ އާލާކުރުމުގެ މަގްސަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުނި އެގްރޯ ނެޝެނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން ބުނެފި އެވެ.

އެ މަސައްކަތް ފަށާފައިވާކަން ހާމަކޮށް އެގްރޯނެޓުން ކުރި ޓްވީޓެއްގައި ބުނީ ދަނޑުވެރިން ހައްދާ ތަކެތި އެކުންފުންޏަށް ވިއްކުމުގެ ޝައުގުވެރިކަން ހުރިނަމަ އެކަމަށް ރަޖިސްޓްރީ ވާން ޖެހޭ ކަމަށެވެ. އެގޮތުން އެކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމު އޮންލައިންކޮށް ފުރިހަމަކުރުމަށް ވަނީ އެދީފަ އެވެ. 

މިކަމާއި ގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ބޭނުންނަމަ ކުންފުނީގެ ސޭލްސް ޓީމުގެ ނަންބަރު 3320829 ގުޅުމަށް ވެސް އެގްރޯނެޓުން އެދެ އެވެ. 

ދަނޑުވެރިން ހައްދާ ތަކެތި ގަތުމުގެ މަސައްކަތް އެގްރޯނެޓުން ފަށާފައި ވަނީ އަތޮޅުތަކުގައި އުފައްދާ ތަރުކާރީ އާއި މޭވާ ފަދަ ބާވަތްތައް ޑިސްޓްރިބިއުޓްކުރުމުގައި މި ދަނޑިވަޅުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ މިކަމަށް ލުއެއް ހޯދައިދިނުމަށެވެ. 

ކޮންމެ ރަށެއްގައި ވެސް އުފައްދާ ތަކެތި އެގްރޮނެޓަށް ވިއްކުމަށްޓަކައި އިސްކޮށް ހަރަކާތްތެރިވާންޖެހެނީ އެރަށެއްގެ ކައުންސިލަކުންނެވެ. 

ރަށްރަށުގެ ކައުންސިލްތަކުން ގުޅަން ޖެހޭ ނަމްބަރުތައް: 

  • ހއ. ހދ. ށ. ނ. ރ. ބ. އަތޮޅު - 3320833 
  • ޅ. ކ. އއ. އދ. ވ. މ. ފ. އަތޮޅު - 3320834
  • ދ. ތ. ލ. ގދ. އައްޑޫ އަދި ފުވައްމުލައް - 3320835

އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވި ގޮތުގައި ލޮކްޑައުންއާ ގުޅިގެން މުދާ ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ރަށްރަށުން ގެންނަ މުދާ ބާލައި ޑިސްޓްރިބިއުޓްކުރަން ނޯތު ހާބަރުގައި ޑެސްކެއް ގާއިމުކޮށްފައިވާ ކަމަށެވެ. 

ޑެސްކާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑު ލުއެއް ލިބިގެންދާނެކަން ފާހަގަކުރައްވާ ވިސާމް ވިދާޅުވީ އެކަމުގެ ސަބަބުން ހާއްސަކޮށް ދަނޑުވެރިކަން ކުރާ ރަށްތަކުން މާލެ ގެންނަ މުދާތައް ފަސޭހައިން ފޯރުކޮށްދެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް