ads
ޖީޖީ ހަދީދް އަދި ޒޭން މާލިކް---
ޒޭން މާލިކް އަދި ޖީޖީ ހަދީދްއަށް ކުއްޖަކު ލިބެނީ
މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް އަދި މޮޑެލް ޖީޖީ ހަދީދްއަށް ކުއްޖަކު ލިބެން އުޅޭކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޒޭން އާއި ޖީޖީ ލޯބީގެ ގޮތުން ގުޅިފައި ވަނީ 2015 އަހަރެވެ. އެކަމަކު އެ މުއްދަތުގައި ވެސް ދޭތެރެއަކުން ރުޅިވުމަށް ފަހު ރައްޓެހިވެ އެވެ. ޖީޖީ ބަނޑު ބޮޑު ކަމަށް ރިޕޯޓްތައް ބުނާއިރު ޖީޖީ ބަނޑަށް މިހާރު ވަނީ ފަސް މަސް ވެފައިކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބޭރުގެ ނޫސްތަކުން ބުނާ ގޮތުަގއި ޒޭން އަދި ޖީޖީ ފުރަތަމަ ދަރިފުޅަށް އިންތިޒާރު ކުރަމުންދާ ކަމަށާއި، ދެ މީހުންވެސް މިކަމާއި މެދު ވަރަށް އުފާވެ އެވެ. އަދި އެ ހަބަރު އާއިލާ މީހުންނާއި ގާތް ފަރާތްތަކަށް މިހާރު ހިއްސާކޮށްފައިވާ ކަމަށް ވެސް ބުނެ އެވެ.

އޭގެ އިތުރުން ކްރިސީ ޓީގަންމެން ފަދަ މަޝްހޫރު ފަންނާނުން ވަނީ އެ ހަބަރާއެކު ވަރަށް އުފާވާކަމަށް ވެސް ބުނެފަ އެވެ. 

އެ ހަބަރު އައިސްފައި މިވަނީ ޖީޖީ އޭނާގެ 25 ވަނަ އުފަން ދުވަސް ފާހަގަ ކުރިތާ ކުޑަ ދުވަސް ކޮޅެއް ފަހުންނެވެ. ޖީޖީ އޭނާގެ އުފަން ދުވަސް ފާހަގަކޮށްފައި ވަނީ ޒޭން މާލިކްގެ އާއިލާ އަދި މޮޑެލްއެއް ކަމަށްވާ އޭނާގެ ކޮއްކޮ ބެލާ ހަދީދްއާ އެކުގަ އެވެ. 

ޖީޖީގެ ޕޯސްޓްގައި ބުނާގޮތުގައި އޭނާގެ 25 ވަނަ އުފަން ދުވަސް އޭނާ ފަހަގަ ކުރީ "ކަރަންޓީން ފެމިލީ" އާއި އެކުގަ އެވެ. އަދި އެ ދުވަހަށް އިތުރު ހާއްސަކަން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެނެސްދިން ސަޕޯޓަރުންނަށް އޭނާ ވަނީ ޝުކުރުއަދާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް