ads
ފޮޓޯ: ޕޮލިސް
ޓެރަރިސްޓް ހަމަލާއެއް ރާވާތީ މާފުށީ ޖަލު ބަލާފާސްކޮށްފި
މާފުށި ޖަލުގައި ތިބި ގައިދީންތަކެއް ޓެރަރިސްޓް ހަމަލާއެއް ރާވަމުންދާކަމުގެ ތުހުމަތުގައި މާފުށީ ޖަލު ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފި އެވެ.

ފުލުހުން ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ދީނީގޮތުން ހަރުކަށިފިކުރުގެ ބަޔަކު ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ރާވަމުން ދާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެިޖެންސަށް ލިބިފަިއވާކަމަށެވެ. 

އަދި އެމައުލޫމާތާއި އެކު ފުލުހުންނާއި ކަރެކްޝަނަލް ސާވިސް ގުޅިގެން މާފުށީ ޖަލު ބަލާފާސްކޮށްފައިވާކަމަށާއި، އެ އޮޕަރޭޝަނުގައި ބަލާ ފާސްކުރި ގޮޅިތަކުން ފަސް މޮބައިލް ފޯނާއި، މޮބައިލް ފޯނާ ގުޅުންހރި އެހެން އާލާތްތައް އަދި ޔޫއެސްބީ، އާއި ޗާޖަރު ތަކެއް ފެނިފައިވާކަމަށެވެ. 

ރިޔާޒް ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިފަހުން ހައްޔަރުކޮށްފައި ތިބި ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ހިންގަން އުޅުނު ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ކަމަށެވެ. އަދި ޖަލުގައި ތިބި ބަޔަކު މަސައްކަތްކޮށްފައިވަނީ ބޭރުގެ ބަޔަކު ލައްވާ ރާއްޖޭގެ ގައުމީ ސަލަމާތަށް ނުރައްކާވާފަދަ ކަމެއް ކުރުމަށްކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް