ads
ނަރުދޫ ސިއްހީ މަރުކަޒު
ނަރުދޫގައި ތިބި ދެ ނަރުހުންވެސް ކަރަންޓީނަށް
ށ. ނަރުދޫގައި ހިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ނަރުހުން ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުކޮށްފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ނަރުދޫ ޓާސްކް ފޯހުން ބުނީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ދެ ނަރަހުން ކަރަންޓީނުކުރީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓް ވުމާ ގުޅިގެންކަމަށެވެ. އެހެންކަމުން މިއަދު ހެދުނު އެ އަތޮޅު ހޮސްޕިޓަލުން ނަރުހެއް އެރަށަށް ގެނެސްފައިވާކަމަށެވެ.

ޓާސްކް ފޯހުން ބުނީ އެރަށުން ބައްޔަށް 8 މީހަކު ޕޮޒިޓިއުވުމާއެކު ރޭ އެކަނިވެސް 14 މީހެއްގެ ގައިން ސާމްޕަލްސް ނަގައި ޓެސްޓް ހެދުމަށް ފޮނުވާފައިވާކަމަށާއި ކޮންޓެކްޓް ޓްރޭސީން ހެދުމުގެ މަސައްކަތްކުރިއަށްދާ ކަމަށެވެ. އަދި ބައްޔާ ގުޅިގެން ރައްކާތެރިވުމަށް ބޭނުންވާ މާސްކް ފަދަ ތަކެތި ފުނަދޫއިން ގެނެސްފައިވާކަމަށް ޓާސްކް ފޯހުން މައުލޫމާތުދެ އެވެ.

ނަރުދޫއިން ބައްޔަށް ބަޔަކު ޕޮޒިއުވުމާއެކު ސާމްޕަލްސް ނަގަމުންދާއިރު ޑައިރެކްޓް ކޮންޓެކްޓްވި ބައެއް ފަރާތްތަކުގެ ސާމްޕަލްސް ނެގިފައިނުއެވެ. އަދި ނަގާ ސާޕްޕަލްގެ ނަތީޖާ ލިބުމުގައި ލަސްތަކެއް އުޅޭކަމުގެ ޝަކުވާވެސް ދަނީ ލިބެމުންނެވެ.

ދެ ނަރަހުން ކަރަންޓީނުކޮށްފައިވާއިރު އެރަށުގައި މަސައްކަތްކުރާ ހަމައެކަނި ޑޮކްޓަރުވެސް ވަނީ ކަރަންޓީނު ކޮށްފައެވެ. އޭނާ ކަރަންޓީނުވީ އެ ގޭގައި އުޅޭ އަމާޒު ބޯޓުގެ ފަޅުވެރިޔާ ބައްޔަށް ޕޮޒިޓިއުވުމާއެކުގަ އެވެ. މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ނަރުދޫގައި މަސައްކަތްކުރާ ޓާސްކް ފޯހުގައި ހިމެނޭ ބައެއް ފަރާތްތަކާއި ކައުންސިލްގެ ފަރާތްތަކާއި، އެކަމުގައި ޝާމިލްވާ ގިނަ މީހުން މިވަގުތު ތިބީ ކަރަންޓީނުވެފަ އެވެ.

ނަރުދޫ އަމާޒު ބޯޓުގެ ކައްޕި ކޮވިޑް-19 އަށް ޕޮޒިޓިއުވެ އެރަށުން މިހާތަނަށް ޖުމްލަ އަށް މީހުންނަށް ވަނީ ބަލިޖެހިފަ އެވެ. އޭގެތެރޭގައި ކައްޕިގެ ހަތަރު ދަރީންނާއި ބޯޓުގެ ދެ ފަޅުވެރިން ހިމެނެ އެވެ. ނަރުދޫއަކީ މާލެ ނޫން ރަށަކުން މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިއުވެފައިވާ ރަށެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް