ads
ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގެ ކަރަންޓު މެއިންޓެނަންސް މަސައްކަތް ކުރަނީ/ ފޮޓޯ:ފެނަކަ
މީޓަރުގެ ފޮޓޯ ފޮނުވަން ފެނަކަ އިން އެދިއްޖެ
މީޓަރު ނަންބަރު ފެންނަ ގޮތަށް ފޮޓޯ ފޮނުވުމަށް ފެނަކަ ކޯޕަރޭޝަން އިން އެދެފިއެވެ.

ފެނަކަ އިން ބުނީ މިހާރު ގައުމުގެ ހާލަތު އޮތް ގޮތުން ފެނާއި ކަރަންޓު ބިލް ގެ ރީޑިން ނެގުމަށް ގޭގެ އަށް ދިއުމަކީ ރައްޔިތުންނާއި އެކުންފުނީގެ މުވައްޒަފުންނަށް އެންމެ ރައްކާތެރި ގޮތް ކަމަށް ނުފެންނަ ކަމަށެވެ. އެހެންކަމުން މީޓަރު ތަކުގެ ފޮޓޯ، މީޓަރު ނަންބަރު ފެންނަ ގޮތަށް ނެގުމަށް ފަހު ގޭގެ ނަމާ އެކު ވައިބާކުރަން އެދޭކަމަށް ފެނަކަ އިން ބުނެއެވެ. 

މީޓަރުގެ ފޮޓޯ ވައިބާ ނުކުރެވޭ ނަމަ މީޓަރު ނަންބަރާއި ގޭގެ ނަން، އެސްއެމްއެސް ގެ ޒަރިއްޔާ އިން ފޮނުވުމަށް ފެނަކަ އިން އެދެއެވެ. 

ފެނަކަ އިން ބުނީ، އަތޮޅު ތެރޭގެ ރަށްރަށުގައި އެކުންފުނިން ހިދުމަތް ފޯރުކޮށްދޭ ބްރާންޗްތަކަށް ގުޅުމުން ވައިބާ އަދި އެސްއެމްއެސް ކުރާނެ ނަންބަރު ލިބިގެންދާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ މީހުން، ކުންފުނީގެ ޑިރެކްޓަރު އަހްމަދު ނަޖާހު (9944416) އާއި ގުޅުމުން މައުލޫމާތު ލިބިގެންދާނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނަކައިގެ 150 ބްރާންޗަކުން އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް