ads
މެއި 14 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގައިފި
މެއި 14 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން، މިމަހުގެ 19 ވަނަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން، 14 މެއި 2020 ވާ ބުރާސްފަތި ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ތަރާވީހް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނުކުރަން ނިންމާފައިވާ ކަމަށެވެ.

އިއުލާނުގައި ބުނީ މިހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ހުރިހާ އެންމެން ވެސް ގޭގައި ނަމާދުކުރުމަށް ވެސް އިމާމުންނަށް އަންގާފައިވާ ކަމަށެވެ.

އެގޮތުން މި ދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީހް ނަމާދު ކުރުމުގެ އިތުރުން ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ގުރްއާން ކިޔަވައި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. 

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު އެންމެ ފުރަތަމަ ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މާލެ ސަރަހައްދާއި ރިސޯޓުތަކުންނެވެ. އޭގެ ފަހުން، ރޯދަ މަހުގެ ކުރިން، އަތޮޅު ތެރެއިން ވެސް ކޮވިޑް-19 ގެ ކޭހެއް ފެނުމާއެކު މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލަފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް