ads
ސެންޓާ ފޯ މެންޓަލް ހެލްތް ރައީސް އިފްތިތާހް ކޮށްދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ޕްރެސިޑެންސީ މޯލްޑިވްސް
ނަފްސާނީ ބަލިތަކަށް ބޭސް ސިޓީ އާކުރުމުގެ ފުރުސަތު ހުޅުވާލައިފި
ނަފްސާނީ ބަލިތަކަށް ބޭސް ސިޓީ އާކުރުމުގެ ފުރުސަތު އިންދްރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ހުޅުވާލައިފިއެވެ.

އައިޖީއެމްއެޗުން ބުނީ ސެންޓާ ފޯ މެންޓަލް ހެލްތުން މަސައްކަތްކުރަމުން ގެންދަނީ މިފަދަ ދަނޑިވަޅެއްގައިވެސް ފުރަބަންދު ހާލަތުގެ އުސޫލުތަކަށް ބެލުމަށްފަހު ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން ނަފްސާނީ ބައްޔަށް ބޭސްކުރާ ފަރާތްތަކުގެ ބޭސް ސިޓީ އާކުރެއްވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ. 

އައިޖީއެމްއެޗުން ބުނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 09:00 އާއި މެންދުރު 12:00 އާއި ދެމެދު 7942403 މި ނަމްބަރަށް އެމީހެއްގެ އައިޑީ ކާޑު އަދި ބޭސް ސިޓީގެ ފޮޓޯއެއް ފޮނުވުމުން އެހިދުމަތް ލިބޭނެ ކަމަށެވެ.

އެންމެ އެދެވިގެންވަނީ އެންމެ ފަހުން ޑޮކްޓަރަށް ދެއްކުމުން ދީފައިވާ ބޭސް ސިޓީ ފޮނުއްވުން ކަމަށާއި ބަލިމީހާއަކީ ކުރިން އައިޖީއެމްއެޗްގެ ސެންޓާ ފޯ މެންޓަލް ހެލްތަށް ޑޮކްޓަރަށް ދައްކާފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ބުނީ ފާއިތުވެ ދިޔަ ކުރު މުއްދަތެއްގެ ތެރޭގައި ޑޮކްޓަރަށް ދައްކާފައި ނެތް ނަމަވެސް ބޭހާއި ގުޅޭގޮތުން ސުވާލެއް އޮތްނަމަ 7942403 އަށް މެސެޖު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް