ads
މަބްރޫކު---
އިންޑޮނޭޝިއާއިން އަންނަ ފްލައިޓުގައި 18 ދިވެހިން މާދަމާ އަންނާނެ: މަބްރޫކު
އިންޑޮނޭޝިއާއިން އަންނަ ފްލައިޓުގައި 18 ދިވެހިން މާދަމާ ރާއްޖެ އަންނާނެ ކަމަށް މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަބްރޫކު ވިދާޅުވީ އިންޑޮނޭޝިއާއިން ރާއްޖެ ފްލައިޓެއް އަންނަ ކަމަށެވެ.

އެގޮތުން އެފްލައިޓުގައި 18 ދިވެހިން އިންޑޮނޭޝިއާ އިން މާދަމާ ރާއްޖެ އަންނާނެ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭރުގައި ތިބި ދިވެހި އާއިލާތަކުގެ އިތުރުން ޑޮކްޓަރުކަން ކިޔަވަމުންދާ ކުދިން ރާއްޖެ ގެނައުމަށް 6.3 މިލިއަން ފޮރިން މިނިސްޓްރީން ހަރަދުކޮށްފައިވާ ކަމަށެވެ.

ބޭރުން ގެނައި އެ މީހުންގެ ތެރެއިން އެއް ބަޔަކު ކަރަންޓީން ފެސިލިޓީތަކުގައި އަދިވެސް ތިބިއިރު އަނެއް ބަޔަކު ވަނީ 14 ދުވަހުގެ ކަރަންޓީނަށް ފަހު ދޫކޮށްލާފަ އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށް ސަރުކާރުން ވަނީ ލަންކާ އާއި އިންޑިއާގެ އިތުރުން މެލޭޝިއާއިން ވެސް ދިވެހިން ގެނެސްފަ އެވެ. އަދި އެންމެ ފަހުން ރާއްޖެއަށް ގެނެސްފައި ވަނީ ބަންގްލަދޭޝް އާއި ނޭޕާލުގައި ކިޔަވަމުން އަންނަ މެޑިކަލް ދަރިވަރުންތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް