ads
އޯރިއޯ ފަޖް--
ސީއެންއެމް ބަދިގެ: އޯރިއޯ ފަޖް
މިއަދުގެ ސީއެންއެމް ބަދިގޭގައި މި ގެނެސްދެނީ އޯރިއޯ މީރު މީހުންނަށް ހާއްސަ ރެސިޕީއެކެވެ. "އޯރިއޯ ފަޖް" އަކީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ އެއްޗެކެވެ.

ބޭނުންވާ ތަކެތި:

270 ގްރާމް ވައިޓް ޗޮކްލެޓް

½ ޖޯޑު ގެރިކިރު

1 ސައިސަމުސާ ވެނީލާ އެސެންސް

20 އޯރިއޯ ބިސްކޯދު

ތައްޔާރުކުރާނެ ގޮތް: 

އެންމެ ފުރަތަމަ ފަޖް އަޅާނެ ތައްޓެއް ތައްޔާރުކުރާށެވެ. އެގޮތުން ތަށީގައި ބޭކިންގް ކަރުދާސް ނުވަތަ ތެޔޮ ކޮޅެއް އުނގުޅާލާށެވެ. ދެން އޯރިއޯ ބިސްކޯދު ބިންދާލާށެވެ. 

އެއަށް ފަހު ތެއްޔެއްގެ ތެރެއަށް ޗޮކްލެޓާއި ގެރިކިރު އެޅުމަށް ފަހު އުނދުން މައްޗަށް އުނދާށެވެ. މަޑު ގިނީގައި ބަހައްޓައިގެން ޗޮކުލެޓުތައް ވިރި ކިރާއި ރަނގަޅަށް އެއްވަންދެން ކައްކާށެވެ. އޭގެ ފަހުން އެތެލި އުނދުނުން ބޭލުމަށް ފަހު އޯރިއޯ ބިސްކޯދު ކޮޅުގެ ދެބައިކުޅަ އެއްބަޔާއި ވެނީލާ އެސެންސް އެއަށް އެއްކޮށްލާށެވެ. އެކަމަކު މާ ބޮޑަށް ފުނޑުވިޔަ ނުދޭށެވެ. 

މިގޮތަށް ތައްުޔާރުކުރުމަށް ފަހު އެންމެ ފުރަތަމަ ތައްޔާރުކުރި ތައްޓަށް މި ސާމާނު އޮއްސާލާށެވެ. އަދި އެތަކެތި ރަނގަޅަށް އޮމާންކޮށްލައި، ބާކީ ހުރި އޯރިއޯ އޭގެ މައްޗަށް އަޅާލައި ފަތުރާލާށެވެ.

މިއަށް ފަހު، ފްރިޖުގައި ރަނގަޅަށް ފިނިވަންދެން ބައިންދާާށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް