ads
ގަމުގެ ކައުންސިލަރުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ލ.ގަމަށް ދިމާވެފައިވާ މައްސަލަތައް ރައީސްއާއި ހިއްސާކޮށްފި
ހައްދުންމަތީ ގަމަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން އެ ރަށުގެ ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހާއި މަޝްވާރަކޮށްފި އެވެ.
ހައްދުންމަތީ ގަމަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން އެ ރަށުގެ ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހާއި މަޝްވާރަކޮށްފި އެވެ.

ރައީސް ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެއަތޮޅު ގަމު ކައުންސިލަރުންނާ އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު މެންދުރު ބައްދަލުކުރެއްވުމުން ގަމު ކައުންސިލުގެ މެންބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިން ވަނީ އެތަންތާގެ މަސައްކަތްތައް ކުރިޔަށްދާގޮތުގެ މަޢުލޫމާތު ރައީސް އާއި ވަނީ ހިއްސާކުރައްވާފަ އެވެ.

އަދި މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްގީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން ވެސް ވަނީ އެމަނިކުފާނާ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އެގޮތުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ގަމުގެ ދަނޑުވެރިންގެ ހުރި ކަންބޮޑުވުންތައް ކައުންސިލަރުން ވަނީ ހިއްސާކުރައްވާފަ އެވެ.

މީގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ގަމުގެ ރައްޔިތުންގެ ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމަށް އަޅާ ހައުސިން ޔުނިޓުތަކާއި ފްލެޓްތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ގަމުގެ މަގުތައް ބެލެހެއްޓުމުމުގައި ހުރި ގޮންޖެހުންތައް ވެސް ކައުންސިލަރުން ވަނީ ފާހަގަކުރައްވާފައިވެ އެވެ.

އަދި އެ ބައްދަލުވުމުގައި މުއައްސަސާތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ސްކޫލް ކުދިންނަށް ބަހުގެ ޚިދުމަތް ދިނުމާބެހޭގޮތުންނާއި ގަމު ރީޖަނަލް ހޮސްޕިޓަލުގެ މަސައްކްތްތައް ކުރިޔަށްދާގޮތުގެ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފަ އެވެ.

އެގޮތުން އެމްއެންޔޫގެ ކެމްޕަހެއް ޤާއިމުކުރުމަށް ގަމުން ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ވެސް އެބޭފުޅުން ވަނީ ރައީސް އާއި ހިއްސާކުރައްވާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް