ads
މީގެ ކުރިން ބޭއްވި ހުކުރު ނަމާދެއްގެ ތެރެއިން---
އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެހީވުމަށް ގޮވާލައިފި
މުސްލިމުން، އެކަކު އަނެެކަކަށް އެހީތެރިވުމަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް އޯގާތެރިކަމާއެކު ހިތުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ އިސްލާމްދީން ގޮވާލަނީ އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަށް ކަމަށާއި އީމާންކަން ފުރިހަމަވުމުގެ ރަމްޒަކީ ވެސް އެގޮތަށް އަމަލުކުރުން ކަމަށެވެ. 

މުސީބާތާއި ތަކުލީފްގެ ވަގުތުތަކުގައި އެހެން މީހުންނަށް އޯގާތެރިވާންޖެހޭކަން ފާހަގަކުރަމުން ހުތުބާގައި ބުނީ މުސްލިމުންނަކީ ފޭރާމެއްގެ ރޮދިތަކެއް ފަދައިން ވަރަށް ގިނަ ގޮތްގޮތުން އެކަކު އަނެކަކާއި ގުޅިފައިވާ ބައެއް ކަމަށެވެ. 

އެގޮތުން މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެއް ކަމަށާއި ހަށިގަނޑުގެ ގުނަވަނެއްގައި ވޭނެއް އަޅައިފިނަމަ ހޭލާ ހުރުމުންނާއި ހުން އައުމުން އެ ހަށިގަނޑުގެ ގުނަވަންތައް އަނެއް ގުނަވަނާ ބައިވެރިވާ ކަމަށް ބުންޏެވެ. 

ހުތުބާގައި ބުނީ، އޯގާތެރިކަމާއި އެހީތެރިކަމަށް ބޭނުންވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ޔަތީމު ކުދިންގެ އިތުރުން އަޅާލާނެ ބަޔަކު ނެތް ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް މިދަނޑިވަޅުގައި ލޭ އަޅާ ތެލެސީމިއާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަން ހުތުބާގައި ފާހަގަކުރެ އެވެ.

މިހެންކަމުން، މިދަނޑިވަޅަކީ ތިމާގެ އަމިއްލަ މަސްލަހަތަށް ވުރެ އަނެކާގެ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށާއި ހަށިގަނޑު އުފުލާ ވޭނުގައި ހުރިހާ ގުނަވަނެއް ވެސް ބައިވެރިކުރުވަން ޖެހޭއިރު އެއްބަނޑު އެއްބަފާކަމުގެ މިސާލު ދެއްކުމަށް ހުތުބާގައި ގޮވާލަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް