ads
އައިޝްވާރިއާ އަދި އަބިޝެކް
އައިޝްވާރިއާގެ ރީތިކަން ވަޒަންކުރާނެ ގޮތެއް އަބީޝެކް ކިޔައިދީފި
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަބިޝޭކް ބަ ަން، އޭނާގެ އަނބިމީހާ އަދި އެކްޓްރެސް އައިޝްވާރިޔާ ރާއީގެ ދިފާއުގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުން، ބޮލީވުޑްގައި އަންހެން ފަންނާނުންގެ ސިފައަށް ބަލައިގެން ފާޑުކިޔުމުގެ މައްސަލަ އަނެއްކާވެސް ހޫނުވެއްޖެއެވެ.
Advertisement

އަބިޝޭކް ބުނީ، އައިޝްވާރިޔާގެ ރީތިކަން ވަޒަންކުރަނީ ހަމައެކަނި ފެންނަފެނުމަށް ކަމަށާއި، އެއީ އޭނާއަށް ލިބޭ އިންސާފެއް ނޫން ކަމަށެވެ.

އަބިޝޭކް ފާހަގަކުރި ގޮތުގައި، އައިޝްވާރިޔާ އަކީ "އެތެރެއާއި ބޭރުންވެސް ރީތި" މީހެއް ކަމަށާއި، މީހުން އޭނާގެ ބޭރުފުށުގެ ރީތިކަމަށް އެކަނި ބަލައިގެން ވާހަކަ ދެއްކުމަކީ ހިތާމަހުރި ކަމެކެވެ.

މި ވާހަކަތަކުން ވަނީ ބޮލީވުޑްގެ އަންހެން ތަރިންނަށް އެމީހުންގެ ސިފައާ ހަށިގަނޑާ ގުޅޭގޮތުން އަބަދުވެސް ކުރިމަތިވާ ބަހުސް މެދު ބޮޑު ބަހުސަކަށް މަގުފަހިވެފައެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ހިޔާލު ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން އަބިޝޭކްގެ ވާހަކަތަކަށް ތާއިދުކޮށް، ބޮލީވުޑްގައި އަންހެން ފަންނާނުންގެ ހުނަރަށްވުރެ ބޮޑަށް އެމީހުންގެ ސިފައަށް އިސްކަންދިނުމަކީ އާންމުވެފައިވާ ކަމެއްކަން ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން އެތައް ފަންނާނުންނަކަށް ނަފްސާނީ ގޮތުން އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަންވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް