ads
ގައުމީ ބޭންކް، ބީއެމްއެލްގެ އޯޓީޕީ ކޯޑް ވަޓްސްއެޕް މެދުވެރިކޮށް ލިބޭނެ ގޮތް މިއަދު ހަދުން
ބީއެމްއެލް ޓްރާންސެކްޝަންތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި
ގައުމީ ބޭންކް، ބީއެމްއެލްގެ އޯޓީޕީ ކޯޑް ވަޓްސްއެޕް މެދުވެރިކޮށް ލިބޭނެ ގޮތް މިއަދު ހަދައިފި އެވެ.
Advertisement

ބޭންކުން ބުނީ މިއާއެކު ކަސްޓަމަރުން ބޭންކުގައި ރަޖިސްޓާކޮށްފައިވާ ނަންބަރަށް ވަޓްސްއެޕް މެދުވެރިކޮށް ފަސޭހަމަކާއެކު އޯޓީޕީ ލިބޭނެ ކަމަށެވެ.

ބޭންކުގެ ރަސްމީ އޯޓީޕީ ޗެނަލެއްގެ ގޮތުގައި މިހާތަނަށް ހިމެނޭ އެސްއެމްއެސް، އީމެއިލް އަދި އޮތެންޓިކޭޓާގެ އިތުރުން ވަޓްސްއެޕް ހިމެނުމާއެކު ކަސްޓަމަރުންނަށް މުއާމަލާތްތައް ހިންގަން އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށް ބޭންކުން ބުންޏެވެ.

"ޑިޖިޓަލް ބޭންކިންގެ ބޭނުންތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އަޅުގަނޑުމެން އަބަދު ވެސް މަސައްކަތްކުރަމުން މި އަންނަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ރައްކާތެރިކަމާއެކު ފައިސާދެއްކޭނެ މަގުތައް ފޯރުކޮށްދިނުމަށް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

ބޭންކުގެ ރަސްމީ އޯޓީޕީ ޗެނަލެއްގެ ގޮތުގައި މިހާތަނަށް ހިމެނޭ އެސްއެމްއެސް، އީމެއިލް އަދި އޮތެންޓިކޭޓަރުގެ އިތުރުން ވަޓްސްއެޕް ހިމެނުމާ އެކު ކަސްޓަމަރުންނަށް މުއާމަލާތްތައް ހިންގަން އިތުރަށް ފަސޭހަވާނެކަން ބީއެމްއެލް އިން ފާހަގަކުރި އެވެ.

ބޭންކުން ބުނީ ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން ނުވަތަ ބޭންކިން އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭ ގޮތް ބަދަލުކުރެވޭނެ ކަމަށެވެ. އަދި އޯޓީޕީ ޗެނަލް ވަޓްސްއެޕަށް ބަދަލުކުރުމުގެ މަރުހަލާގައި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަސްޓަމަރުން މިހާރު ބޭނުންކުރާ އޯޓީޕީ ޗެނަލް ބޭނުންކުރަން ޖެހޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން މިއަދު ވަނީ އެ ބޭންކުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ޓްރާންސްފާކުރަން ކިއުއާރް ކޯޑް ބޭނުން ކުރެވޭ ގޮތް ވެސް ހަދައިފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް