ads
ހދ. ދޮނަކުޅި ( ހައިޑަވޭ ރިސޯޓް)
ނަރުދޫން ޕޮޒިޓިވްވި ދެ މީހުން ދޮނަކުޅި ކަރަންޓީން ފެސިލިޓީއަށް
ށ. ނަރުދޫ އިން ރޭ ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހުން ދޮނަކުޅި ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފި އެވެ.

ނަރުދޫ ޓާކްސް ފޯހުން ބުނީ ކޮވިޑް-19 އަށް ރޭ ޕޮޒިޓިވް ވެފައިވަނީ އަމާޒު ބޯޓުގެ ފަޅުވެރިއެއްގެ އަންހެނުންނާއި ފިރެހެން ދަރިއެއް ކަމަށެވެ. 

މިހާރު މި ދެމީހުން ވެސް ހދ. އަތޮޅުގައި ހަދާފައިވާ ކަރަންޓީން ފެސިލިޓ، ދޮނަކުޅިއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ޓާސްކް ފޯހުން ބުނީ އިތުރު ދެ މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވުމުން 11 ގެއަކުން ސާމްޕަލް ނަގާފައިވާ ކަމަށެވެ. 

އެ ތަކެތި ޓެސްޓްކުރުމަށް މޭލެ ފޮނުވުމަށް ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލާ ހަވާލުކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ. އަދި އިއްޔެ ނެގި 13 ސާމްޕަލްއިން ދެ މީހަކު ޕޮޒިޓިވްވެފައިވާއިރު 11 ސާމްޕަލްސްގެ ނަތީޖާ މިއަދުގެ ވަގުތެއްގައި ލިބެނޭނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން މައުލޫމާތުދޭ ކަމަށް ވެސް ޓާސްކް ފޯހުން ބުނެ އެވެ.

ކޮވިޑް-19 އަށް ނަރުދޫން މިހާތަނަށް ޖުމްލަ 10 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ. 

އަމާޒު ބޯޓުގެ ކޭސްއާއެކު ގިނަ ރަށްތަކެއް މޮނިޓަރިންނަށް ގެނެސް ސާމްޕަލް ނަގައި ޓެސްކޮށްފައިވެ އެވެ.

ނަރޫދޫގެ އިތުރުން މި ބޯޓުން ދަތުރު ށ. މިލަންދޫ މީހަކު ވެސް ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް