ads
ދަރުމެންދުރާ
މަރުވި ކަމަށް ހަބަރުފެތުރިފާ ވަނިކޮށް، ދަރްމެންދުރާ ގެއަށް
އިންޑިއާގެ ފުންނާބު އުސް އެކްޓަރު ދަރްމެންދުރަ މަރުވި ކަމަށްމީޑިއާގައި ހަބަރުތަކެއް ފެތުރިފައިވަނިކޮށް، އޭނާ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
Advertisement

އުމުރުން 89 އަހަރުގެ ދަރްމެންދުރާ، ބްރީޗް ކޭންޑީ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ މިއަދު ހެނދުނު އެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ ނޭވާލާން އުނދަގޫވުމާ ގުޅިގެން އިތުރު ޓެސްޓުތަކެއް ހެދުމަށް އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އެވެ.

ދަރްމެންދުރަގެ ހާލު ސީރިއަސްވެ، މަރުވި ކަމުގެ ދޮގު ވާހަކަތައް ފެތުރެން ފެށުމުން އޭނާގެ އަންހެނުން ހެމާ މާލިނީ އާއި ދަރިފުޅު އީޝާ ޑިއޯލް ވަނީ އެ ހަބަރުތައް ދޮގުކޮށްފަ އެވެ. އަދި އާއިލާގެ ފަރާތުން ވަނީ އެފަދަ ހަބަރުތައް ނުފެތުރުމަށާއި، މި ދަނޑިވަޅުގައި އާއިލާގެ ޕްރައިވެސީއަށް އިހުތިރާމް ކުރުމަށް އެދިފަ އެވެ. ދަރްމެންދުރަ ހޮސްޕިޓަލުގައި އޮތް އިރު، ސަލްމާން ހާން، ޝާހް ރުކް ހާން އަދި އާމިރު ހާން ފަދަ ބޮލީވުޑްގެ މަޝްހޫރު ތަރިން ވަނީ އޭނާގެ ހާލު ބަލާލުމަށް ޒިޔާރަތްކޮށްފަ އެވެ.

ހޮސްﭘިޓަލުން ބުނި ގޮތުގައި ދަރްމެންދުރަގެ ހާލު މިހާރު ރަނގަޅުވެފައިވާތީ އާއިލާގެ އެދުމުގެ މަތިން އިތުރު ފަރުވާ ކުރިއަށް ގެންދާނީ ގޭގައި އެވެ. ދަރްމެންދުރަގެ ދަރިފުޅު ސަނީ ޑިއޯލްގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ، އެންމެންގެ ހެޔޮ ދުއާތަކަށް ޝުކުރު އަދާކޮށް، އޭނާގެ ސިއްހަތު ރަނގަޅުވުމަށް އެދި ދުއާކޮށްދިނުމަށް އެދިފަ އެވެ. ބޮލީވުޑްގެ "ހީ-މޭން" ގެ ގޮތުގައި މަޝްހޫރުވެފައިވާ ދަރްމެންދުރަ ވަނީ ފަހަކަށް އައިސް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް