ads
އެމެރިކަން ޑޭޑްގެ ޕޯސްޓަރެއް
ދިހަ އަހަރަށްފަހު "އެމެރިކަން ޑޭޑް" އަނެއްކާވެސް ފޮކްސް އަށް
މަޝްހޫރު އެމެރިކާގެ އެނިމޭޓެޑް ޝޯ "އެމެރިކަން ޑޭޑް"، ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ޓީބީއެސް ޗެނަލުން ދެއްކުމަށްފަހު، އެ ޝޯ ފުރަތަމަ ފެށި ފޮކްސް ޗެނަލަށް އަނބުރާ އަންނަކަން އިއުލާނުކޮށްފިއެވެ.
Advertisement

މިކަން ހާމަކޮށްފައިވަނީ ފޮކްސްގެ މި ސީޒަންގެ ޝޯތައް އާންމުކުރުމާ ގުޅިގެންނެވެ.

"އެމެރިކަން ޑޭޑް" އަކީ ސެތް މެކްފާލޭން އުފައްދާފައިވާ ކާމިޔާބު ޝޯއެކެވެ. މި ޝޯ އަލުން ފޮކްސް ޗެނަލުން ދައްކަން ފަށާނީ އަންނަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. މިއާ އެކު، "އެމެރިކަން ޑޭޑް" ވެގެންދާނީ "ފެމިލީ ގައި " އަދި "ޔުނިވާސަލް ބޭސިކް ގައިސް" އާ އެކު ފޮކްސްގެ އާދީއްތަ ދުވަހުގެ އެނިމޭޝަން ލައިނަޕްގައި ހިމެނޭ ޝޯއަކަށެވެ.

މީގެ އިތުރުން، ފޮކްސް އިން ވަނީ އެ ޗެނަލްގެ އެންމެ ކާމިޔާބު އެއް ޝޯ ކަމަށްވާ "ދަ ސިމްޕްސަންސް" ގެ ސީޒަން، އާންމުކޮށް ނިންމާ ވަގުތަށް ވުރެ އަވަހަށް ނިންމާލަން ނިންމާފައެވެ. އެގޮތުން، އެ ޝޯގެ 800 ވަނަ އެޕިސޯޑު ދެއްކުމަށްފަހު މި ސީޒަން ނިމުމަކަށް އަންނާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް