މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދާފައިވަނީ، މިފަދަ ނާޒުކު ދަނޑިވަޅެއްގައި އޭނާގެ އަނބިމީހާ ސުނީތާ އަހޫޖާ އޭނާގެ ކައިރީގައި ނެތުމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، ގޯވިންދާ ހޭނެތިގެން ވެއްޓިފައިވަނީ ގޭގައި ހުއްޓާ ކުއްލިއަކަށް ވަރުބަލިވެ، އޭނާއަށް އުނދަގޫތަކެއް އިހުސާސް ކުރެވިގެންނެވެ. 'ހީރޯ ނަމްބަ 1' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދާފައިވާ ގޯވިންދާ އަކީ އޭނާގެ ހުށަހެޅުންތަކާއި ހަކަތައިން ފެންނަ މަޝްހޫރު ފަންނާނެކެވެ. އޭނާގެ ސިއްހީ ހާލަތު ގޯސްވި ހަބަރާ އެކު ސަޕޯޓަރުން ތިބީ ކަންބޮޑުވުމުގަ އެވެ.
ގޯވިންދާ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު އޭނާގެ އަނބިމީހާ ސުނީތާ ކައިރީގައި ނެތުމުން ދެމީހުންގެ ގުޅުމާ މެދު ބައެއް މީޑިއާތަކުން ސުވާލު އުފެއްދި އެވެ. ނަމަވެސް، ގޯވިންދާގެ ގާތް ގާނޫނީ ވަކީލަކު ވަނީ ސުނީތާ އެވަގުތު އެތަނުގައި ނެތް ސަބަބު ހާމަކޮށް، އެކަމުގެ ހަގީގަތް ސާފު ކޮށްދީފަ އެވެ. ގޯވިންދާ އާއި ސުނީތާ ކައިވެނިކުރީ 1987 ވަނަ އަހަރު އެވެ.