ads
ކާމިނީ ކައުޝާލް
ރަންޒަމާނުގެ ތަރި ކާމިނީ ކައުޝާލް، އުމުރުން 98 އަހަރުގައި މަރުވެއްޖެ
ބޮލީވުޑްގެ ރަންޒަމާނުގެ އެންމެ މަޝްހޫރު އެއް ތަރި ކަމަށްވާ ކާމިނީ ކައުޝާލް، އުމުރުން 98 އަހަރުގައި މަރުވެއްޖެއެވެ.
Advertisement

އޭނާ މަރުވީ މުމްބާއީގައި ހުންނަ އޭނާގެ ގޭގައެވެ. ހަތްދިހަ އަހަރަށްވުރެ ދިގު، ކާމިޔާބު ފިލްމީ ހަޔާތެއްގައި ކާމިނީ ވަނީ އިންޑިއާގެ ސިނަމާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ކާމިނީ ފިލްމީ ދާއިރާއަށް ފުރަތަމަ ފެނިގެންދިޔައީ 1946 ވަނަ އަހަރު ނުކުތް ޗޭތަން އާނަންދުގެ "ނީޗާ ނަގަރް" އިންނެވެ. އެ ފިލްމަކީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ފިލްމު ފެސްޓިވަލް ކަމަށްވާ ކާންސް ފިލްމް ފެސްޓިވަލުން އެންމެ މަތީ އެވޯޑު، ޕާމް ޑިއޯ، ހޯދި އިންޑިއާގެ ފުރަތަމަ ފިލްމެވެ. އޭގެ ފަހުން ދިލީޕް ކުމާރު އަދި ރާޖް ކަޕޫރު ފަދަ އެ ޒަމާނުގެ ސުޕަސްޓާރުންނާ އެކު އޭނާ ކުޅުނު ފިލްމުތަކާއެކު، އޭނާ ވެގެންދިޔައީ އެ ދުވަސްވަރު އެންމެ އަގުބޮޑު އެއް އެކްޓްރެސްއަށެވެ.

އޭނާގެ ދިގު ފިލްމީ ހަޔާތުގައި ތަފާތު ތިން ޖީލެއްގެ ފަންނާނުންނާ އެކު މަސައްކަތްކޮށްފައި ވެއެވެ. ރަންޒަމާނުގެ ތަރިންގެ އިތުރުން، ފަހުގެ ޖީލުގެ ތަރިން ކަމަށްވާ ޝާހްރުކް ހާން އާއެކު "ޗެންނާއީ އެކްސްޕްރެސް" އާއި ޝާހިދު ކަޕޫރާއެކު "ކަބީރު ސިންގް" އިންވެސް އޭނާ ފެނިގެން ގޮސްފައިވެއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ އާމިރު ހާންގެ "ލާލް ސިންގް ޗައްޑާ" އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް