ads
ނަރުދޫ---
އިތުރު އަންހެނަކު ނަރުދޫން ޕޮޒިޓިވް ވެއްޖެ
އިތުރު އަންހެނަކު ށ. ނަރުދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ސީއެންއެމްއަށް ކަށަވަރުކުރެވިފައިވާ ގޮތުގައި އެއަންހެން މީހާއަކީ ކޮވިޑަށް ޕޮޒިޓިވްވި ފަޅުވެރިއެއްގެ ދަރިއެކެވެ.

ނަރުދޫއިން ވަނީ މިއަދު އިތުރު ދެ މީހަކު ވެސް ޕޮޒިޓިވްވެފައެވެ. އަދި އެމީހުން ވަނީ ހދ. އަތޮޅުގައި ހަދާފައިވާ ކަރަންޓީން ފެސިލިޓީ، ދޮނަކުޅިއަށް ބަދަލުކޮށްފައެވެ.

އެ އަންހެންމީހާ އާއެކު ކޮވިޑް-19 އަށް ނަރުދޫން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 11 އަށް އަރާފައެވެ. 

އަމާޒު ބޯޓުން ދަތުރުކުރި ށ. މިލަންދޫ މީހަކު ވެސް ވަނީ އެބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް