ads
މާފުށި--
މާފުއްޓަށް ދިޔަ މީހަކު ރަށަށް ނޭރުވުމުން އެލްޖީއޭ އިން ރަށު ކައުންސިލަށް ނަސޭހަތްތެރިވެއްޖެ
ކ. މާފުއްޓަށް ދިޔަ މީހަކު ރަށަށް ނޭރުވި މައްސަލައިގައި ލޯކަލް ގަވަމެންތް އޮތޯރިޓީ (އެލްޖީއޭ) އިން މާފުށީ ކައުންސިލަށް ނަސޭހަތްތެރިވެއްޖެ އެވެ.

އެ އިދާރާއިން މާފުށި ކައުންސިލަށް ނަސޭހަތްތެރިވެފައި ވަނީ އިންޑިއާއިން އައުމަށްފަހު ކަރަންޓީން މުއްދަތު ހަމަކުރުމަށްފަހު އަނބުރާ ރަށަށް ދިއުމުން ރަށަށް ނޭރުވި މައްސަލައެއް އެ އިދާރާއަށް ހުށައެޅުމުންނެވެ. 

އެލްޖީއޭއަށް ހުށަހެޅި މި މައްސަލައާ ގުޅިގެން އެލްޖީއޭ އިން ވަނީ މާފުށީ ކައުންސިލަށް ނަސޭހަތްތެރިވެ ސިޓީއެއް ފޮނުވާފަ އެވެ.

އެގޮތުން މި ސިޓީގައި އެލްޖީއޭ އިން ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރުމަށް ކައުންސިލަށް ނަސޭހަތްތެރިވެފަ އެވެ. އަދި ކައުންސިލުން ކަންކަން ނިންމާއިރު އެކަމަކާ ގުޅޭ ފުރިހަމަ މައުލޫމާތު ކަށަވަރުކުރެވިފައި ނުވާނަމަ ނުވަތަ ސުވާލު އުފެދޭފަދަކަމެއް އޮތްނަމަ އެކަމެއްގައި އަތޮޅު ކައުންސިލާއި އެލްޖީއޭގެ ލަފާ ހޯދުމަށް ވެސް އަންގާ ނަސޭހަތްތެރި ވެފައިވާކަމަށް ބުނެ އެވެ. 

ހުކުރު ދުވަހު މާފުއްޓަށް އެމީހާ ދިއުމުގެ ކުރިން އެމީހާ ވަނީ އެރަށު ކައުންސިލްގެ ރައީސް އުސްމާން ރަޝީދު އަށް އޭނާ ކޮވިޑް-19 އަށް ނެގަޓިވް ވެފައިވާ ކަމުގެ ޓެސްޓް ނަތީޖާ ވެސް ފޮނުވާފަ އެވެ. 

އެހެން ނަމަވެސް އެމްއެންޑީއެފް، އެންއީއޯސީ އަދި އެޗްޕީއޭއިން ހުއްދަ ދިނުމުން އެމްއެންޑީއެފް ލޯންޗްގައި އެމީހާ މާފުއްޓަށް ދިއުމުން، ރަށަށް ލޯންޗް ކައިރިކުރިޔަ ނުދީ މާފުށި ރައްޔިތުން އެއްވެ އޭނާ އާއި ހަޑިހުތުރު ބަހުން މުއާމަލާތް ކޮށް ރަށަށް އަރައިފިނަމަ ފައި ބިންދާލައި، މޫދަށް އެއްލާލާނެ ކަމުގެ އިންޒާރު ދިން ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް