ads
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ސަން
އިހުސާންތެރިވާންވީ އެމްޑީޕީ މީހުންނަށް އެކަންޏެއް ނޫން: އަދުރޭ
ރޯދަ މަހު އިހުސާސާންތެރިވާންވީ ހަމައެކަނި އެމްޑީޕީ މީހުންނަށް އެކަނި ނޫންކަމަށް ޕީއެންސީގެ ރައީސް އަދި ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަމުން އަބްދުރަހީމް ވިދާޅުވީ ރޯދަމަހަކީ އިހުސާންތެރިވެ އަޅާލުމުގެ މަސްވަރުކަމަށް މި މަހުގެ ތަހުނިޔާ ކިޔުއްވަން ގައުމާ މުހާތަބުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހިތޯބުގައި ވެސް ފާހަގަކުރެއްވި ކަމަށެވެ. 

އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ މައްސަލައިގައި އިހުސާންތެރިވާތަން ފެނިގެންނުދާ ކަމަށާއި އެެހެންކަމުން މި މާތް މައްސަރުގައި ވެސް އިހުސާންތެރިވެ އޯގާތެރިވުމަށް ގޮވާލާ ކަމަށެވެ.

"މިހާރު ހިނގަމުން މިދަނީ ބަރަކާތްތެރި ރަމަޟާން މަސް. ރަމަޟާން މަހަކީ އިހުސާންތެރިވުމުގެ މައްސަރު. އަނެއްކަކަށް އަޅާލުމުގެ މައްސަރު. އެކަކު އަނެކަކަށް އޯގާތެރިވުމުގެ މައްސަރު. މިކަން ރައީސުލް ޖުމްހޫރިއްޔާ ގައުމަށް މުހާތަބުކުރައްވާ ރަމަޟާން މަހުގެ ތަހުނިޔާ ވިދާޅުވި ހިތޯބުގައިވެސް އެބަ އޮތް އެވާހަކަ ފާހަގަކޮށްފަ. އެއީކީ އެމްޑީޕީ މީހުންނަށް އަޅާލާ ވާހަކައެއް ނޫންކަމަށް އަޅުގަނޑުމެން މާނަކުރަނީ. އެގޮތަކަށް ނޫން ހަމަގައިމުވެސް ދީނުގައި އެކަން އޮންނާނީ،" އަބްދުރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަލު ހުކުމުގައި ހުންނަ ބޭފުޅަކު ރޯދަ މަހު ގެއަށް ބަދަލުކުރުމަކީ ނުކުރެވޭވަރުގެ ކަމެއް ނޫންކަމަށާއި އެކަން އެ ބޭފުޅުންގެ ސަރުކާރުގައި ކޮށްދެއްވާފައިވާނެ ކަމަށެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ޖަލުތަކުގައި ސިޔާސީ ހުކުމް ތަންފީޒުކުރާ ފަރާތްތަކަށް ލުއި ދިނުމަށް އދ. ގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއިން ގޮވާލާފައިވާއިރު އެމަނިކުފާނަކީ އިދިކޮޅުގައި ހުރި ހަމައެކަނި ސިޔާސީ ލީޑަރުކަމަށެވެ.  

ކޮވިޑް-19 ގެ ރިސްކް ބޮޑު ފަރާތްތަކަށް ލުއި ދިނުމަށް ވެސް އެޖަމިއްޔާއިން ގޮވާލާކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ޔާމީނަކީ އުމުރުން 60 އަހަރުން މަތީގެ ބޭފުޅެއްކަމަށާއި ހިތުގެ ބައްޔަށް ފަރުވާ ހޯދަމުންދާ ބޭފުޅެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް