ads
ދިރާގު ހެޑް އޮފީސް
ދިރާގުގެ ކަސްޓަމަރުންނަށް ހަފުތާއަކަށް ލަންކާ އަށް ހިލޭ ގުޅޭނެ
ދިރާގު ކަސްޓަމަރުންނަށް ސްރީލަންކާއަށް ހިލޭ ގުޅޭ ގޮތް ހަދައިފި އެވެ.
Advertisement

މުޅި ލަންކާއަށް ކުރަމުން އަންނަ ވިއްސާރައިގައި ފެންބޮޑުވުމުގެ އިތުރުން, ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް އަންނަނީ ހިނގަމުންނެވެ. މޫސުން އެންމެ ގޯސް ހިސާބުތަކުގެ ތެރޭގައި ދިވެހީން ގިނައިން ދިރިއުޅޭ އެ ގައުމުގެ ވެރިރަށް ކޮލޮމްބޯ ވެސް ހިމެނެ އެވެ.

ސްރީލަންކާގައި މިވަގުތު 1800 އެއްހާ ދިވެހިން ދިރިއުޅެމުން އަންނަ ކަމަށް އެމްބަސީއިން މައުލޫމާތު ދެއެވެ. އޭގެ ތެރެއިން އެ އާއިލާ ފިޔަވާ އެހެން ބަޔަކަށް ގެއްލުމެއްވެގެން މިހާތަނަށް ރިޕޯޓް ކޮށްފައެއް ނުވެ އެވެ.

ދިރާގުން ލަންކާއަށް ހިލޭ ގުޅޭނެ ފުރުސަތު ފަހިކޮށް ދިނީ އެގައުމަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ދިމާވެފައިވާ ހިތްދަތި ދަނޑިވަޅުގައި ގާތްތިމާގެ މީހުންނާ ގުޅުމަށް އެހީވެދިނުމުގެ ގޮތުންނެވެ.

އެ ގޮތުން *225# އަށް ޑައިލްކޮށްލުމުން 30 މިނެޓްގެ ހިލޭ ކޯލް އެއް ހަފުތާއަށް ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

މި އެޑް-އޮން މާދަމާގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެ ކަަށް ދިރާގުން ވަނީ ބުނެފަ އެވެ. 

ދިރާގުން ބުނީ މި ދަތި ވަގުތު، އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނާ ފަސޭހައިން ގުޅޭނެ މަގު ތަނަވަސްކޮށް ދިނުމަށް ކަމަށެވެ.

ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަަނޑުކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 56 އަށް އަރައިފަ އެވެ. އަދި އެ ހާދިސާތަކުގައި 21 މީހަކު ވަނީ ގެއްލިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް