އެ ކޮންފަރެންސް ޝަރަފުވެރި ކޮށްދެއްވީ ހޯމް މިނިސްޓަރު، އަލީ އިހުސާން އެވެ. އޭނާގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް، އިސްމާއިލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، ފަރުހާދު ފިކުރީ އަދި ފުލުހުންގެ އެކި ރޭންކުތަކުގެ ފުލުހުން ކޮންފަރެންސްގައި ބައިވެރިވެ އެވެ.
ފުލުހުންގެ ހިދުމަތްތައް މުޖުތަމައުގައި ކުރިއަރުވާނެ ގޮތާއި އެ މުއައްސަސާގެ އޮޕަރޭޝަންތައް ހަރުދަނާ ކުރުމަށް ސާފު މަގުޗާޓެއް އެ ކޮންފަރެންސުން ކުރަހައިދޭނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ އެ ކޮންފަރެންސްގެ ބޭނުމަކީ ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ޕްލޭނެއް ތައްޔާރުކުރުން ކަމަށެވެ.
އެ ކޮންފަރެންސްގައި ފުލުހުންގެ ހުރިހާ ބަހާއެއް ހިމެނޭ ގޮތަށް ޖުމްލަ 170 ފުލުހަކު ބައިވެރިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.