ads
އެމްޑީޕީ ޕްރައިމެރީގައި ވޯޓުލާން އައިސް އިން މެމްބަރެއް
ކައުންސިލް އިންތިހާބު: އެމްޑީޕީގެ ޕްރައިމެރީ 58 ދާއިރާއެއްގައި
އަންނަ އަަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ 58 ދާއިރާއެއްގައި އޮންނާނެކަމަށް އެ ޕާޓީން ބުނެފިއެވެ.
Advertisement

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓްލުން އޮންނާނީ އަންނަ އަހަރުގެ މާރިޗުމަހުގެ 28 ވަނަ ދުވަހުކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އިންތިހާބަށް ކުރިމަތިލުމަށް އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ހުޅުވާލާނެކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެމްޑީޕީން ވަނީ އެ ޕާޓީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުން އެކަމަށް އެދި ޝައުގުވެރިކަން ފާޅުކުރުމަށް އެމްޑީޕީން ހުޅުވާލީ މިދިޔަ އޮގަސްޓް މަހުގެ 28ގައެވެ. އެމްޑީޕީން ބުނީ އެ ޕާޓީގެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރަން އެއް ކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުން ހުށައަޅާފައިވަނީ 58 ދާއިރާއަކުން ކަމަށެވެ. އެގޮތުން ދާއިރާތަކަށް ޕްރައިމަރީއަށް 30 އަށް ވުރެ ގިނަ ރަށުގައި ވޯޓު ފޮށި ބަހައްޓާނެކަމަށް އެމްޑީޕީން ބުނެއެވެ. 

އެމްޑީޕީ ޕްރައިމަރީގައި 24،216 މީހަކަށް ވޯޓުލުމުގެ ހަައްގު ލިބިގެންވާކަމަށް އެޕާޓީން ވަނީ ބުނެފައެވެ. 

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައިވާ ގޮތުން އެމްޑީޕީގައި 43،765 މެމްބަރުން އެބަ ތިއްބެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނަން ަހުށައެޅުމުގެ ފުރުސަތު އެޕާޓީން ވަނީ އިއްޔެ ހުޅުވާލާފައެވެ. އަދި މިމަހުގެ 30 ގައި ޕްރައިމެރީ އޮންނާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް