ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ-- ފޮޓޯ: ފޮރިން މިނިސްޓްރީ
އެންޓި ޓެރަރިޒަމަށް ބޭނުންވާ ބައެއް ވަސީލަތްތައް ޖަޕާނުން ހަދިޔާ ކުރަނީ
ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާއި ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ގާބިލްކަން އިތުރު ކުރުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ރާއްޖެއަށް ހަދިޔާ ކުރަން ނިންމައިފި އެވެ.

ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާއި ދެމެދު އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރުގެ އޮކްޓޯބަރު މަހު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެވެ.

އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ރާއްޖެއަށް ޖަޕާނުން ހަދިޔާ ކުރާ ތަކެތީގެ ލިސްޓް ހަވާލު ކުރީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގަ އެވެ.

އެ ލިސްޓް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއެކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް 500 މިލިއަން ޖަޕަނީޒް ޔެންގެ ހިލޭ އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އެހީގެ ދަށުން ޖަޕާނުން ހަދިޔާ ކުރުމަށް ނިންމާފައި ވަނީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ގާބިލްކަން އިތުރު ކުރުމަށް ބޭނުންވާ ބައެއް ވަސީލަތްތަކެވެ.

ޖަޕާނަކީ ޒަމާނުއްސުރެ ރާއްޖޭގެ އިގްތިސޯދީ އަދި އިޖްތިމާއީ ތަރައްގީއަށް އެހީތެރިވެދޭ، ގައުމެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް