ads
މާފުށި--
މާފުއްޓަށް ދިޔަ މީހާ އެރަށަށް އަރަން އުޅުނީ ހުރިހާ ލިޔެކިއުންތައް ހަމަނުކޮށް
ހުކުރު ދުވަހު މާފުއްޓަށް ދިޔަ މީހަކު އެރަށަށް އަރަން އުޅުނީ ހުރިހާ ލިޔެކިއުންތައް ހަމަޔަށް ނުދީ ކަމަށް އެރަށުގެ ކޮވިޑް-19 ޓާސްކް ފޯހުން ބުނެފި އެެވެ.

ހުކުރު ދުވަހު އޭނާ އެރަށަށް ދިއުމަށް އެދި އެރަށު މީހަކު ބުރާސްފަތި ދުވަހުގެ ރޭ ރަށު ކައުންސިލްގެ ރައީސަށް ގުޅާ ހުއްދަ އަށް އެދުނު ކަމަށާއި އެހެން ނަމަވެސް އޭނާ އަކީ މާފުއްޓަށް ނިސްބަތްވާ މީހަކަށް ނުވެފައި، އޭނާ އަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އުސޫލުތަކާއި އެއްގޮތަށް ހުއްދަ ލިބުނު ކަމުގެ ލިޔުން ނެތި ރަށަށް އެރުމުގެ ހުއްދަ ނުދެވޭނެ ކަމަށް ރައީސް ވިދާޅުވެފައި ވާނެ ކަމަށް ޓާސްކްފޯހުން މައުލުމާތު ދެއެވެ. 

އެހެން ނަމަވެސް ހުކުރު ދުވަހު އޭނާ މާފުއްޓަށް އެމްއެންޑީއެފް ގެ ލޯންޗެއްގައި އައުމުން އެންމެ ފުރަތަމަ އޭނާ އާއި ބައްދަލުކުރީ ރަށުގެ ޓާސްކްފޯހުން ކަމަށާއި އޭނާގެ އަތުގައި ހުރި ލިޔެކިޔުންތައް ހޯދާ ބެލީވެސް އެވަގުތު އެތަނުން ކަމަށް ޓާސްފީހުން ބުނެއެވެ. އަދި އެވަގުތު އޭނާގެ އަތުން ލިބިފައި ވަނީ އޭނާގެ އައިޑީ ކާޑު އާއި އޭނާ ކޮވިޑް-19 އަށް ނެގަޓިވްވި ކަމުގެ ލިޔުމާއި ކަރަންޓީނުން ދޫކޮށްލި ކަމުގެ ލިޔުންކަމަށް ޓާސްކްފޯހުން ފާހަގަ ކުރެއެވެ. 

މާފުއްޓަށް ދިޔަ މީހާ އެ ރަށަށް ދިއުމުގެ ކުރިން ހުރިހާ ލިޔެކިއުންތައް ފޮނުވާފައި ނުވާކަމަށާއި އޭނާގެ ލިޔެކިޔުންތައް ލިބުނީ އެދުވަހު އޭނާ އެރަށަށް ދިއުމުން ކަމަށް ފާހަގަކޮށް، ޓާސްކްފީހުން ބުނީ އޭނާގެ އަތުގައި އެރަށަށް އެރުމުގެ ހުއްދަ ދީފައިވާ އެޗްޕީއޭގެ ލިޔުމެއް ނެތް ކަމަށެވެ. 

އެހެންކަމުން ހުރިހާ ލިޔެކުމަކާއި ހުއްދަ ނެތި އޭނާއަށް ރަށަށް ނޭރޭނެ ކަމަށް ޓާސްކްފޯހުން ބުނުމުންވެސް ބަސް ގަބޫލު ނުކުރުމުން، ރަށު ކައުންސިލްގެ ރައީސް އެތަނަށް ގޮސް ހުއްދަ ދެވެން ނެތް ވާހަކަ އާއި ނެތް ސަބަބު ކިޔާދީފައި ވާނެ ކަމަށް ޓާސްކްފޯހުން ފާހަގަ ކުރެއެވެ. 

މީގެ އިތުރުން، ޓާސްކް ފޯހުން ވަނީ އޭނާ އަކީ އެރަށުގައި ދިރިއުޅޭ މީހެއް ނޫން ކަން ވެސް ފާޙަގަކޮށްފަ އެވެ.

މިކަމާ ގުޅިގެން އެމީހާ އެލްޖީއޭ އަށް ސިޓީއެއް ފޮނުވާފައި ވާއިރު މާފުށި ޓާސްކްފޯހާއި ކައުންސިލުން ވަނީ އޭނާގެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ކައުންސިލްގެ ރައީސާއި އެލްޖީއޭގެ ސީއީއޯ އާއި ދެމެދު އެކަމާ ގުޅިގެން ވާހަކަ ދެކެވުނު ކަމަށާއި ކަންހިނގާދިޔަގޮށް ވަރަށް ސާފުކޮށް އެލްޖީއޭ އަށް މިހާރު އެނގޭނެ ކަމަށް ޓާސްކްފޯހުން ބުނެއެވެ. 

މީގެ އިތުރުން، މާފުށި ކައުންސިލުން ވަނީ މިކަމާ ގުޅިގެން ބަޔާނެއް ވެސް ނެރިފަ އެވެ. އެ ބަޔާނުގައި ވެސް ރަށަށް އެރުމުގެ ހުއްދަ ނެތް ކަން ފާހަގަކޮށްފައި ވާއިރު، އެޗްޕީއޭގެ ނަންބަރު 2020/36، (ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ހާއްސަ ފިޔަވަޅުތައް އެޅުން އެންގުން)ގެ އެއް ވަނަ ނަންބަރުގައި ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓައިލުން ބަޔާންކުރައްވާފައިވާއިރު، ކައުންސިލުން އަމަލުކޮށްފައިވާނީ އެ އެންގުމުގައި ވާގޮތުގެ މަތިންކަމަށް ރަށު ކައުންސިލުން ފާހަގަކުރެ އެވެ. 

ކައުންސިލުން ވަނީ އެރަށު ކޮވިޑް-19 ޓާސްކް ފޯސްގެ އަށް ވަނަ ބައްދަލުވުމުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ކަރަންޓީންގެ މުއްދަތު ހަމަކޮށްފައިވާނަމަ، އެރަށަށް އައުމާއި ރަށުން ފޭބުމުގެ ހުއްދަ ދެވޭނީ އެމީހަކު ހުރި ރަށެއްގެ ކައުންސިލް ނުވަތަ ކަމާއި ގުޅުންހުރި ފަރާތެއްގެ ހުއްދަ ލިޔުމުން ލިބިގެންކަމާއި އެފަދަ ގޮތަކަށް ފުރާ ފަރާތްތަކަށް އަނބުރާ ރަށަށް އަންނަ ހުއްދަ ނުދިނުމަށް ނިންމަވާފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފަ އެވެ. 

މާފުއްޓަށް އެރުމަށް ދިޔަ އަންހެން މީހާ ހުއްދަ އެއް ނެތި އެރަށަށް އެރުމަށް އެދުވަހު އެތަނަށް އެއްވެ ތިބި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ވަނީ ދެކޮޅުހަދާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް