ads
ސަރުކާރުގެ ވަފުުދު ނަރުދޫއަށް ދިޔަ ބޯޓު
ހެލްތު މިނިސްޓަރާއެކު ސަރުކާރުގެ އިސްވަފުދެއް ނަރުދޫއަށް
ށ. ނަރުދޫގައި ކޮވިޑް-19 އަށް ގިނަ ބަޔަކު ޕޮޒިޓިވްވުމާއެކު އެރަށުގެ ހާލަތު ބެލުމަށް ސަރުކާރުގެ ވަފްދެއް އެރަށަށް ޒިޔާރަތްކޮށްފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން ނަރުދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ނިޒާރު ވިދާޅުވީ ކޮވިޑް-19 ފެތުރެމުންދާތީ އެރަށަށް މިއަދު ސަރުކާރުގެ އިސް ބޭފުޅުންގެ ވަފްދެއް އެއާޓެކްސީގައި ވަޑައިގެންފައިވާ ކަމަށެވެ. 

އެގޮތުން ރަށުގެ ކައުންސިލާއި ކޮވިޑް ޓާސްކް ފޯހުގެ އިތުރުން ރަށު ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއި އެކި މުވައްސަސާތަކުގެ ބޭފުޅުންނާ ބައްދަލުކޮށް ރަށުގެ ހާލަތާ ބެހޭގޮތުން މަޝްވަރާތައް ވަނީ ކޮށްފަ އެވެ. 

" ސަރުކާރުގެ އިސް ވަފުދެއް މިއަދު ރަށައް އައިސް ވަނީ ރަށުގެ އެކި މުވައްސަސާތަކާއި ކޮވިޑް ޓާސްކް ފޯހާ ބައްދަލުކޮށް ރަށުގެ ހާލަތު އޮޅުންފިލުވި. އަދި ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވަނީ ދީފަ " ކައުންސިލްގެ މެމްބަރު ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ މިވަގުތު އެރަށަށް ދިމާވެފައިވާ ޑޮކްޓަރުންގެ ދަތިކަމާއި ބަލިން ރައްކާތެރިވުމަށް ބެނުންކުރާ މާސްކް ފަދަ ތަކެތި ނެތުންކަމަށެވެ. ސަރުކާރުގެ ވަފުދުގެ ފަރާތުން އެކަން ހައްލުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައިވާ ކަމަށެވެ.

your imageސަރުކާރުގެ ވަފްދު ނަރޫގައި

ނަރޫދުއަށް ސަރުކާރުގެ ވަފްދެއް ޒިޔާރަތްކޮށްފައިވާއިރު އެ ދަތުރުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންނަކީ ހެލްތު މިނިސްޓަރު އަބުދްﷲ އަމީނާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ލީޑަރު ޑރ. އަލީ ލަތީފާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝްގެ އިތުރުން އެމްއެންޑީއެފުގެ ބޭފުޅުން ނެވެ.

ސަރުކާރުގެ އިސްވަފުދެއް މިދަނޑިވަޅުގައި ނަރުދޫއަށް ޒިޔާރަތްކުރި އިރު އެރަށަކީ މާލެ ސިޓީ ފިޔަވައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް  ޕޮޒިޓިވްވި ރަށެވެ. އެގޮތުން 11 މީހުން އެރަށުން ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް