ads
ހުޅުމާލޭގައި ހުރި ވެހިކަލްތައް ފުލުހުން ޓޯ ކުރަނީ
އެއްދުވަސްތެރޭ ހުޅުމާލެއިން 200 ވުރެގިނަ ވެހިކަލް ޓޯކޮށް ތިލަފުއްޓަށް
މިދިޔަ 24 ގައިރުގެ ތެރޭގައި ހުޅުމާލެއިން 200 ވުރެ ގިނަ ވެހިކަލް ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. 24 gadiirutherey hulhumaalein 200 vuregina vehikal toakoh thilafuhtah
Advertisement
ހުޅުމާލެއަކީ ހުޅުމާލޭގެ ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި މަގުމަތި ތަރުތީބުކުރުމަށް އިއްޔެ ވަނީ ފުލުހުންނާއި އެޗްޑީސީއާ ޓްރާންސްޕޯޓް މިނިސްޓްރީން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. 

ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހުޅުމާލެއިން ޖުމްލަ 252 އުޅަނދު ޓޯކޮށްފައިވާކަމަށެވެ. އަދި މި އުޅަނދުތައް މިހާރު ވަނީ ތިލަފުއްޓަށް ގެންގޮސްފައިކަމަށްވެސް ފުލުހުން ބުނެއެވެ. 

your imageހުޅުމާލޭގައި ހުރި ވެހިކަލްތައް ފުލުހުން ޓޯ ކުރަނީ

މިހުރިހާ އުޅަނދުތަކަކީވެސް ބައުވެ، ގިނަ ދުވަސްތަކެއް ވަންދެން މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތަކެއްކަމަށް ފުލުހުން ބުނެއެވެ. އަދި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އަދި އެއްވެސް ގޮތަކަށް ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތައްވެސް ހުރިކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. 

 

ހަތަރު ފުރޮޅު ލީ އުޅަނދުތަކަށް ހާއްސަކޮށްގެން ހުޅުމާލޭ ފޭސް ދޭއްގައި ޕާކިން އޭރިއާއެއް މިއަދު ވަނީ ހުޅުވާފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް