ads
ރޮނާލްޑޯ އޭނާގެ މަންމައާއި އެކު
ރޮނާލްޑޯ އޭނާގެ މަންމައަށް އެއްލައްކަ ޔޫރޯގެ ކާރެއް ދީފި
މަންމައިންގެ ދުވަހުގެ ހަދިޔާއަކަށް، ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ މަންމައަށް އަގު ބޮޑު މާސިޑީޒް ބެންޒު ކާރެއް ހަދިޔާއަކަށް ދީފިއެވެ.

ޕޯޗުގަލްގައި މަންމައިންގެ ދުވަހަކީ ކޮންމެ މެއި މަހެއްގެ ފުރަތަމަ އާދިއްތަ ދުވަހެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އެތްލީޓުންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ މަންމައަށް ހަދިޔާއަކަށް ދިން ކާރުގެ އަގު އެއް ލައްކަ ޔޫރޯއަށްވުރެ ބޮޑުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އުމުރުން ފަސްދޮޅަސް ފަސް އަހަރުގެ މަންމަ އަށް މި ހަދިޔާ ދީފައިވަނީ ރޮނާލްޑޯއާއި އޭނާގެ އާއިލާގެ ތިން މެންބަރުންގެ ފަރާތުންނެވެ. ރޮނާލްޑޯގެ މަންމަވަނީ، އޭނާއަށް އޭނާގެ ދަރިންގެ ފަރާތުން ހަދިޔާއަކަށް ލިބުނު އަގުބޮޑު ކާރުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށް ދަރިންނަށް ޝުކުރު އަދާކޮށްފައެވެ.

your imageރޮނާލްޑޯގެ މަންމަ ކާރާއި އެކު

ރޮނާލްޑޯއަކީ އަބަދުވެސް އޭނާގެ މަންމަ ދެކެ ވަރަށް ލޯބިވާ، އަދި އަބަދުވެސް މަންމައާއި ވަރަށް ގާތް ގުޅުމެއް ބާއްވާ އެތްލީޓެކެވެ. ރޮނާލްޑޯ ކުޅޭ ގިނަ މެޗުތަކަށް ބަލަން މަންމަ ދަނޑަށް ގެންދާއިރު، އެވޯޑް ހަފްލާތަކުގައިވެސް ވަރަށް ގިނަ ފަހަރު ރޮނާލްޑޯ ބައިވެރިވަނީ އޭނާގެ މަންމަ ގޮވައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް