ads
އެނދުމަތީގައި ކަސްރަތުކުރަނީ--
މިއީ އެނދުމަތީގައި ކުރެވިދާނެ ކަސްރަތުތަކެއް
ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން މާބޮޑަށް ބުރަކަމުން އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ކަސްރަތުކުރަން ވަގުތެއް ނުވެ އެވެ. ހާއްސަކޮށް މާބިޒީ ޝެޑިއުލަކާ އެއްގޮތަށް މަސައްކަތް ކުރުމުގެ ސަބަބުން މީހާ މާބޮޑަށް ވަރުބަލިވާނަމަ ބޭނުންވާނީ އަވަހަށް ގޮސް އެނދުގައި އޮށޯވެ އަރާމުކޮށްލާށެވެ. އަދި މި ދުވަސްކޮޅަކީ ލޮކްޑައުނުގެ ސަބަބުން ގޭގައި މަޑުކުރަން ޖެހިފައިވާ ވަގުތެއް ކަމުން ފިކުރުތައް ގިނަވާނެ އެވެ. ކޮންމެ ދުވަހަކު ގަޑިން ގަޑިއަށް ކަސްރަތަށް ދިޔަ މީހުންނަށް ވެސް އެކަން އެގޮތަށް ނުކުރެވިދާނެ އެވެ.

ލޮކްޑައުނުގައި ގިނަ ގައުމުތައް އޮތް ނަމަވެސް ފިޓްކޮށް ތިބުމަށް މަސައްކަތް ކުރާ މީހުން އަންނަނީ ގޭގައި ޖާގަ އޮތް މިންވަރަކުން ތަފާތު ކަސްރަތުތައް ކުރަމުންނެވެ. އެކަމަކު މިހާރު ހިއްސާކުރަމުން މިއުޅެނީ މާބޮޑު ޖާގައަކާ ނުލާ ވެސް ކުރެވިދާނެ ކަސްރަތުތަކެކެވެ. އެގޮތުން ގޭގެ އެނދުމަތީގައި އޮވެގެން މި ކަސްރަތުތައްކޮށްގެން ރީތި ބައްޓަމެއްގައި އަދި ފުރިހަމަ ސިއްހަތެއްގައި ހުރުމަށް އެހީއަކަށް ވެދޭނެ އެވެ. 

އެނދުމަތީ ވެސް ކުރެވިދާނެ ކަސްރަތުތަކެއް:

މި ކަސްރަތުތަކުގެ ސަބަބުން މީހާގެ އަތާއި ފައިގެ މަސްގަނޑު ވަރުގަދަކޮށް ރީތިކޮށްދެ އެވެ. އަދި ގަވައިދުން ގޭގައި މި ކަސްރަތުތައް ކުރާނަމަ ރީތި ބައްޓަމެއްގައި ހުރުމަށް ވެސް އެހީއަކަށްވާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް