ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ ބިލު އަދި އޮތީ ތާއީދު ކުރެވޭ ގޮތަކަށް ނޫން: އިމްތިޔާޒް
ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް މިހާރު ހުށަހަޅާފައިވާ ބިލު އަދި އޮތީ ތާއީދު ކުރެވޭ ގޮތަކަށް ނޫންކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒްް ފަހުމީ ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިމްތިޔާޒް ވަނީ މި ބިލާއި އެކު ކުރިއަށް ދިއުމަށް މިހާރު އެއްބަސްވެވޭކަމަށާއި މި ބިލާއި އެކު ކުރިއަށް ދިއުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުންވެސް ނިންމާފައިވާކަމަށެވެ. އަދި މެމްބަރުން ހުށަހަޅާފައިވާ ކަންކަމަށް ކޮމިޓީ މަރުހަލާގައި ރިއާޔަތްކޮށް އެކަންކަމަށް ހައްލުގެނެވޭނެކަމަށް ބިލު ހުށަހެޅުއްވި މެމްބަރު ހަސަން ލަތިފް ވިދާޅުވެފައިވާކަން އިމްތިޔާޒް ފާހަގަ ކުރެއްވި އެވެ. 

އެހެން ނޫންނަމަ ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލަކީ މާބޮޑަށް ތާއީދު ކުރެވޭ ގޮތަށް އޮތް ބިލެއް ނޫންކަމަށް ވިދާޅުވި އެވެ. 

ބިލުގައި ފާހަގަ ކޮށްފައި އޮތީ "ކައުންސިލްގެ ދައުރު ދިގުދަންމާލުމަށް" ކަން ފާހަގަކޮށް އިމްތިޔާޒް ވިދާޅުވީ އެއްބަސްވާން އުނދަގޫ ބަޔަކީ އެއީ ކަމަށެވެ. އަދި އެކަމަށް ހައްލު ގެނެވޭނެކަމަށް ވިދާޅުވެފައިވާކަމަށް އިމްތިޔާޒް ފާހަގަކުރެއްވި އެވެ. 

އަދި އަމުދުން ޤާނޫނުއަސާސީ ބަދަލުކޮށްގެން ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް އެއްވެސް ވަރަކަށް އެއްބަސް ނުވެވޭނެ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. 

މީގެ އިތުރުން މަރަދޫ ދާއިިރާގެ މެމްބަރުު އިބްރާހިމް ޝަރީފް ޤާނޫނުއަސާސީގެ ކުޑަ ތަންކޮޅަކަށް އިސްލާހުގެނައުމަީ ފަސޭހަކަމެއްކަމަށް ވިދާޅުވި ވާހަކައަށް ރައްދުދެއްވާ އިމްތިޔާޒް ވިދާޅުވީ ޤާނޫނުއަސާސީ އިސްލާހުކުރުމަކީ ބޮޑު ކަމެއްކަމަށެވެ. 

ބިލާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން އިމްތިޔާޒް ވަނީ މިކަމަށް އޮތް ހަމައެކަނި ޤާނޫނީ ހައްލަކީ ދައުރު ދަންމާލުންކަމަށް ދެކެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް