ads
ރިތިކް ރޯޝަން--
ރިތިކްގެ އަޑުން ލަވައެއް!
ބޮލީވުޑުގެ ތަރި ރިތިކް ރޯޝަންއަކީ ހަމަގައިމު ވެސް އެކްޓްކުރަން ވަރަށް މޮޅު ތަރިއެކެވެ. އަދި ނެށުމަށް ވެސް އެވަރެއް ނެތެވެ. އެކަމަކު އުމުރުން 46 އަހަރުގެ ރިތިކްގެ ލަވަކިޔުމުގެ ހުނަރު ހުރިކަން އެނގިގެން މިދިޔައީ ލޮކްޑައުނުގެ ސަބަބުން ގޭގައި ވަގުތު ހޭދަކުރަން ޖެހުމުންނެވެ.

މިއަދު ރިތިކް ހިއްސާކުރި ވީޑިއޯގައި ފެނިގެންދަނީ ފިއާނޯ ކުޅެމުން އޭނާ ލަވަކިޔާ މަންޒަރެވެ. އޭނާ ބުނާ ގޮތުގައި އޭނާއަކީ ފިއާނޯ ކުޅެން އެނގޭ މީހެއް ނޫންނަމަވެސް އެކަން ވޭތޯ ބަލާލީ އެވެ. 

މި ލަވަޔާއި އެއްވަރަށް ޕިއާނޯ ކުޅެން ޕްރެސްކްޓިސް ކުރުމުގައި އޭނާ ވަނީ ހަތް ގަޑިއިރު ހޭދަކޮށްފަ އެވެ.

މިހާ ގިނަ ވަގުތު މިކަމަށް އޭނާ ހޭދަކުރީ ކޮވިޑް-19 އިން މުޖުތަމައު ރައްކާތެރިކުރުމަށް ފްރޮންޓްލައިނުގައި މަސައްކަތް ކުރަމުން އަންނަ މީހުންނަށް ޝުކުރު އަދާކޮށް، އެމީހުންގެ މަސައްކަތް ބަލައިގަންނަކަން ހިއްސާކުރުމަށެވެ. އަދި މިއީ "އައި ފޯ އިންޑިއާ" ފަންޑްރައިޒިން އިވެންޓުގެ ދަށުން ކުރި ކަމެކެވެ. 

މި އިވެންޓުގައި ބޮލީވުޑުގެ ތަރި ޝާހުރުކް ހާން އާއި އާމިރު ހާން އަދި މަދޫރީ ޑިކްސިޓް ވެސް ބައިވެރިވެ ލަވަކިޔާފައިވެ އެވެ. 

މީގެ ކުރިން، 2016 ވަނަ އަހަރު ރިތިކް ވަނީ މިރްޗީ މިއުޒިކް އެވޯޑް ހަފުލާގައި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނެގަމް އާއެކު ހަމަ މިއަދު ހިއްސާކުރި ލަވަ ކިޔުމުގައި ބައިވެރިވެފަ އެވެ. އެ ދުވަހު އޭނާ ބުނި ގޮތުގައި އެ ލަވައަކީ އޭނާއަށް އެންމެ ރީތި ލަވަ އެވެ. 

ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިގެންދިޔަ ރިތިކް އެންމެ ފަހުން ފެނިގެންދިޔައީ "ވޯ" އިންނެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބިގެންދިޔަ ފިލްމެކެވެ. އޭގެ އިތުރުން ވެސް ރިތިކް ވަނީ ކޮއި މިލް ގަޔާ އާއި ކަހޯނާ ފިޔާރު ހޭ އަދި ޒިންދަގީ ނާމިލޭންގީ ދޮބާރާ އިން ވެސް ފެނިގެންގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް